އައްޑޫ ނޭޗާ ޕާކުގެ ބައެއް މުވައްޒަފުންގެ މައްސަލައެއް އޭސީސީއަށް

އައްޑޫ ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ނޭޗާ ޕާކުގައި ވަޒީފާ އަދާކުރާ ބައެއް މުވައްޒަފުންތަކެއް ކޮރަޕްޝަން އަމަލުތަކެއް ހިންގާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައެއް، މަޖިލީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ނިންމައިފި އެވެ.

އާންމު ފަރާތަކުން އެމައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށެވެ. ނަންހާމަ ނުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ ކޮމިޓީއިން މައްސަލަ ހުށަހެޅި މީހާގެ ނަމެއް ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުން އާންމު ފަރާތުން ހުށަހެޅި ކޮރަޕްޝަން މައްސަލަތަކުގެ ތެރޭގައި އެކި ވައްތަރުގެ ކޮރަޕްޝަން މައްސަލަ ހިމެނެ އެވެ. އޭގެ ތެރޭގައި މީހުން ބުނާ ބުނުމަށް އުސޫލެއް ނެތި ނޭޗާ ޕާކުން ކަންކަން ކޮށްދިނުންވެސް ހިމެނެ އެވެ. ނަމަވެސް އެމައްސަލަތަކާ ގުޅޭ މާބޮޑު ތަފްސީލެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އާންމު ފަރާތުން ފޮނުވި ސިޓީ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން ބެލުމަށް ފަހު ނިންމީ އެއީ ކޮރަޕްޝަނުގެ މައްސަލައެއް އެކުލެވޭ ކަމަކަށް ވާތީ އެމައްސަލަ އިތުރަށް ދިރާސާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވުމަށެވެ. އެ މައްސަލަ އޭސީސީއަށް ފޮނުވަން ނިންމީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ.

comment ކޮމެންޓް