ވަރުންގެ "އެއްކީސް"ގެ ޝޫޓިން އަންނަ އަހަރު!

ވަރުން ދަވަން --

ބޮލީވުޑްގެ ކާމިޔާބު ބަތަލު ވަރުން ދަވަން ސޮއިކޮށްފައިވާ ބައިލޮޖިކަލް ޑްރާމާ "އެއްކީސް"ގެ ޝޫޓިން އަންނަ އަހަރު މެދުތެރޭ ފަށާނެ ކަމަށް ހަބަރުތައް ބުނެފިއެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަން ބުނީ ވަރުންގެ އެ ފިލްމުގެ މަންޒަރުތައް ނަގާނީ އަންނަ މެއި ނުވަތަ ޖޫން މަހުގެތެރޭގައެވެ. އެ ފިލްމު ޑައިރެކްޓްކުރާނީ ސްރީރާމް ރަގްވަންއެވެ.

ފިލްމު އެއްކީސް ޝޫޓިން ފަށާ ތާރީހް ލަސްވަނީ ވަރުންގެ ބައްޕަ ތައްޔާރުކުރާ ކޮމެޑީ ފިލްމު ކޫލީ ނަންބަރު 1 ގެ މަސައްކަތް ނިންމުމަށްފަހު އެއްކީސްގެ ޝޫޓިން ފަށާތީކަމަށް ޕްރޮޑިއުސަރު ބުންޏެވެ.

ކުރީގެ އިންޑިއާގެ އަސްކަރިއްޔާގެ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވާ ސެކަންޑް ލެފްޓިނަންޓް އަރޫން ކެތުރިޕާލްގެ ވާހަކަ ކިޔައިދޭ އެ ފިލްމު ކުޅުމަށް ވަރުންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭނެއެވެ.

އެ ފިލްމުގެ ޝޫޓިން ނިންމުމަށްފަހު ސިނަމާތަކަށް ފިލްމު އަންނާނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް ބެލެވެއެވެ.

comment ކޮމެންޓް