މަސްފެންގަނޑަށް ވެއްޓުނު ކުއްޖާއަށް އިންޑިއާގައި ފަރުވާދެނީ، އަދިވެސް ކޯމާގައި

ގަމުގައި ދެ އަހަރުގެ ކުއްޖާ ވެއްޓުނު މަސްފެންގަނޑު ----- ފޮޓޯ/ ޕޮލިސް

ލ. ގަމުގައި މަސް ފެންގަނޑަށް ވެއްޓުނު ތުއްތު ކުއްޖާ އަދިވެސް ހޭނާރާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ދެ އަހަރުގެ ތުއްތު ކުއްޖާ މަސްފެންގަނޑަށް ވެއްޓުނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 14 ވަނަ ދުވަހު އެވެ. އޭނާއަށް ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިދިޔަ މަހު 16 އާ ހަމައަށް ފަރުވާ ދެމުންގެންދިޔައީ އައިޖީއެމްއެޗްގަ އެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް ދަރިފުޅު ގޮވައިގެން އާއިލާއިން ވަނީ އިންޑިއާއަށް ގޮސްފަ އެވެ.

ތުއްތު ކުއްޖާގެ ބައްޕަ "ސަން" އަށް ބުނީ ތުއްތު ކުއްޖާ އެންމެ ފުރަތަމަ ގެންދިޔައީ އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލަށް ކަމަށެވެ. އެހެން ނަމަވެސް އެ ހޮސްޕިޓަލުން ފަރުވާ ނުލިބިގެން މިހާރު އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް ބަދަލުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

"މާލެއިން ގެނައިރު އޮތް ހާލުގައި އޮތީ. އެއްވެސް ހަރަކާތެއް ނެތިފަ އޮންނަނީ. ދެން ޑޮކްޓަރު ބުނަނީ ވަރަށް ދުވަސް ނަގާނެކަމަށް ރިކަވާވާން،" ތުއްތު ކުއްޖާގެ ބައްޕަ ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް