"ރިވެންޖް" ޓީވީ ޝޯގެ ސީކުއަލް އެއް!

ރިވެންޖް ޝޯގެ ޕްރޮމޯ ޕޯސްޓަރެއްގެ މަންޒަރު --- ފޮޓޯ : އޭބީސީ

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ ޑްރާމާ ޝޯ ކަމަށްވާ "ރިވެންޖް"ގެ ސީކުއަލް ޝޯއެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

އޭބީސީ ނެޓްވޯކުން ރިވެންޖުގެ އިތުރު ޝޯއެއް ހެދުމުގެ މަސައްކަތް ކުރާއިރު އޮރިޖިނަލް ޝޯ ވަނީ 2015 ވަނަ އަހަރުގައި ނިންމާލައިފަ އެވެ. ހަތަރު ސީޒަން އަށް ފަހު ރިވެންޖު ނިންމާލާފައި ވަނީ ޝޯގެ ލަނޑުދަނޑިއަށް ވާސިލުވުމުން ކަމަށް ޕްރޮޑިއުސަރުން ބުނެ އެވެ.

އަލަށް ފަށާ ރިވެންޖް ޝޯގައި ލީޑް ރޯލުން ފެނިގެން ދާނީ ލެޓިން ކެރެކްޓަރެއް ކަމަށް ޝޯގެ ޕްރޮޑިއުސާ ޖޯ ފެޒިއޯ ބުންޏެވެ.

ރިވެންޖްގެ އޮރިޖިނަލް ކެރެކްޓަރެއް ވެސް އެ ޝޯއިން ފެނިގެން ދާނެ ކަމަށް ޕްރޮޑިއުސާ ޖޯ ވަނީ ބުނެފަ އެވެ.

ޖޯ ބުނި ގޮތުގައި ރިވެންޖްގެ އާ ޝޯއަކަށް އަދި ނަމެއް ނުދެ އެވެ. އަދި އަންނަ އަހަރުގެ ފަހުކޮޅުގައި ޝޯ ދައްކަން ފެށޭނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ރިވެންޖް ނަމުގައި ބުނާ ފަދައިން އޮރިޖިނަލް ޝޯއިން ފެނިގެން ދާނީ ބަޔަކަށް ބަދަލު ހިފުމަށް ޒުވާން އަންހެނަކު އުޅޭ މަންޒަރެވެ. އަންހެން މީހާގެ ބައްޕަ މަރާލުމާ ގުޅިގެން އެކަމުގެ ބަދަލު ހިފުމަށް އެ އަންހެން މީހާ އާ އަވަށަކަށް ދެ އެވެ.

comment ކޮމެންޓް