މަޝްހޫރު ޓެކް ކުންފުނި އެޕަލްގެ ސްޓްރީމިން ސާވިސް ކަމަށްވާ "އެޕަލް ޓީވީ ޕްލަސް" ލޯންޗުކުރި ހަފްތާގައި ފިނި ތަރުހީބެއް ލިބިއްޖެ އެވެ.
އޮރިޖިނަލް ކޮންޓެންޓާއެކު އެޕަލް އިން އެޕަލް ޓީވީ ޕްލަސް ލޯންޗުކޮށްފައިވަނީ ވަރަށް ގިނަ އުއްމީދުތަކަކާއެކުގަ އެވެ. ނަމަވެސް އެޕަލް އިން އެންމެ އުއްމީދުކުރި ނަތީޖާ ވަނީ ސްޓްރީމިން ސާވިސް އިން ފެންނަ ގޮތް ނުވެފަ އެވެ.
އެޕަލް އިން މި މަސް ފެށުމާއެކުގައި އެކުންފުނިން ވަނީ އޮރިޖިނަލް ސީރީޒްތަކާއެކު ޕްލެޓްފޯމް ލޯންޗުކޮށްފައެވެ. އެގޮތުން އެޕަލް އިން ނެރެފައިވާ ސީރީޒްތައް ކަމަށްވާ "ދަ މޯނިން ޝޯ" އާއި "ޑިކިންސަން" އާއި "ފޮ އޯލް މޭންކައިންޑް" އަދި "ސީ"ގެ ތަފާސްހިސާބުތައް ވަނީ އާންމުކޮށްފަ އެވެ.
އެ ޝޯތަކަކީ މިއަހަރުގެ ޕްރިމިއާކޮށްފައިވާ ޝޯތަކުގެ ތެރެއިން އެންމެ މަދު ބަޔަކު މިހާތަނަށް ބަލާފައިވާ ޕްރިމިއާއެވެ. ޝޯތައް ރިލީޒުކުރި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި މޯނިން ޓޯކްޝޯއަށް ލިބިފައިވަނީ ތިން މިލިއަން ބެލުންތެރިންނެވެ. އެންމެ ގިނަ ބަޔަކު ބަލާފައިވާ އެޕަލް ޓީވީ ޝޯއަކީ ސީ އެވެ. އެ ޝޯއަށް ވަނީ 16 މިލިއަން ބެލުންތެރިން ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ލިބިފައެވެ.
ސްޓްރީމިން ސާވިސްތަކުގެ ބެލުންތެރިން އަންނަނީ އިތުރު ވަމުންނެވެ. އަދި ސްޓްރީމިން ޕްލެޓްފޯމްތައް ވެސް އަންނަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް ލިސްޓުގެ އެންމެ މަތީގައި އަދިވެސް އޮތީ ނެޓްފްލިކްސް އެވެ.
މިއަހަރުގެ އެންމެ ގިނަ ބަޔަކު ބަލާފައިވާ ޕްރިމިއާއަކީ ނެޓްފްލިކްސްގެ "ޑާކް އޭޖް : އޭޖް އޮފް ރެޒިސްޓެންސް" އެވެ. އެ ޝޯ ރިލީޒުކުރި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 40 މިލިއަނަށްވުރެ ގިނަ ބެލުންތެރިން ވަނީ ލިބިފަ އެވެ.