ބޮލީވުޑްގެ ޑާންސް ފިލްމެއް ނެޓްފްލިކްސް އަށް

ފިލްމުގެ ޕޯސްޓަރެއް---

މި މަހުގެ 15ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ ޑާންސް ފިލްމު "ބަންގްރާ ޕާ ލޭ" ސިނަމާތަކުގައި ރިލީޒްނުކޮށް ނެޓްފްލިކްސް ގައި ރިލީޒްކުރުމަށް ނިންމައިފި އެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ސްނޭހާގެ ތައުރާނީގެ ފުރަތަމަ ޑައިރެކްޝަން އެ ފިލްމު ނެޓްފްލިކްސްގައި ރިލީޒްކުރަން ނިންމާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

ފިލްމުގެ ލީޑު ރޯލުން ސަނީ ކޯޝަލް އާއި ރުކްޝާރު ދިލަން ފެނިގެންދާނެއެވެ. ފިލްމު ނެޓްފްލިކްސްގައި ރިލީޒްކުރުމަށް ނިންމުމާ ގުޅިގެން އެ ފިލްމު އެއްވެސް ސިނަމާއެއްގައި ރިލީޒެއް ނުކުރާނެއެވެ.

ދާދިފަހުން ވެސް ވަނީ ބޮލީވުޑްގެ ފިލްމެއް ނެޓްފްލިކްސްގައި ސްޓްރީމްކޮށްފައެވެ. ކަރަން ޖޯހަރުގެ "ޑްރައިވް" ނެޓްފްލިކްސްގައި ދެއްކިއިރު ކްރިޓީކުން ބުނީ އެ ފިލްމަކީ ތާކުންތާކުން ނުޖެހޭ ވަރަށް ފީކަޅާ ފިލްމެއް ކަމަށެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ވެސް ކަމުނުދާކަމަށް ކްރިޓީކުން ބުނެއެވެ.

comment ކޮމެންޓް