ފިލްމު "ޕާނިޕަޓް" ގެ ޓްރެއިލާ ދައްކާލައިފި

ފިލްމުގެ ޕޯސްޓަރެއް---

އަންނަ މަހުގެ ހަވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ވަރުގަދަ ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަޓް"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ބަތަލާ ކްރިތީ ސެނަން އާއި އަރްޖުން ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ޑައިރެކްޓް ކުރަނީ އަޝުތޯޝް ގޮވަރިކާއެވެ. ފިލްމުގައި ސަންޖޭ ދަތުވެސް ބޮޑޫ ރޯލެއް ކުޅޭއިރު އެ ފިލްމުން ފެނިގެންދާނެ އިތުރު ތަރިންނަަކީ ޕަދްމިނީ ކޯލަޕޫރީ، މޯނިޝް ބޭލް އަދި ޒީނަތު އަމަން އެވެ.

މި ފިލްމުން ކުރީގެ ބޮލީވުޑްގެ ކާމިޔާބު ތަރި ސަޝީ ކަޕޫރު ދަރިފުޅު ކުނާލް ކަޕޫރް ވެސް ފެނިގެންދާނެ އެވެ.

ތިން ގަޑިއިރާ ތިރީސް މިނެޓަށް ދިގުދެމިގެންދާ މި ފިލްމަކީ ޕަނިޕަތު ގެ ތާރީހު ވަރަށް ބޮޑަށް އެނގިގެންދާނެ ފިލްމެކެވެ.

މި ފިލްމު އަންނަ މަހު ހަވަނަ ދުވަހު ރިލީޒްކުރާއިރު ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ"ގެ ރީމޭކް ވެސް ވަނީ އެ ދުވަހު ރިލީޒްކުރަން ނިންމާފަ އެވެ.

comment ކޮމެންޓް