ތިލަފުއްޓާއި ގުޅީފަޅުގައި ހުރި މުދާތަށް ނެގުމަށް ފަހު ފުރުސަތު ދީފި

ތިލަފުށި މަތިން ނަގާފައި ފޮޓޯއެއް: އެ ސަރަހައްދުގައި ހުރި މުދާތައް ނެގުމަށް ވަނީ އަންގައިފައި --- ފައިލް ފޮޓޯ

ތިލައްފުއްޓާއި ގުޅީފަޅުގައި ހުއްދަ ނުނަގާ ބަހައްޓާފައި ހުރި މުދާތައް ނެގުމަށް ފަހު ފުރުސަތު، އެ ދެ ރަށުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ދީފިއެވެ.

މުދާތައް ނެގުމަށް އެ ކުންފުނިން ދީފައިވާ އެންމެ ފަހުގެ މުހުލަތަކީ އަންނަ މަހުގެ އެކެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، އެ ދެ ރަށުގެ ބިމާއި ފަޅު ހިމެނޭގޮތަށް އާންމު ސަރަހައްދުތަކުގައި މިކުންފުނީގެ ހުއްދަނެތި ބަހައްޓާފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުތަކާއި، އެނޫންވެސް މުދަލާއި ތަކެތީގެ ސަބަބުން އެކުންފުނީގެ އޮޕަރޭޝަނަށް ދަތިވަމުންދާތީއާއި، ތިލަފުއްޓާއި ގުޅިފަޅުން ބިން ކުއްޔަށް ނަންގަވާފައިވާ ފަރާތްތަކަށް ދަތިވާތީ، އެތަކެތި ނެންގެވުމަށް އެކި ފަހަރުމަތިން އަންގާ އެތައް ފުރުސަތެއް ދެވިފައިވާނެ ކަމަށެވެ.

"އަދިވެސް މިތަކެތި ނަގާފައިނުވާތީ، ފަހު ފުރުސަތެއްގެ ގޮތުގައި 01 ޑިސެމްބަރ 2019 ގެ ކުރިން މިތަކެތި ކ. ތިލަފުއްޓާއި ކ.ގުޅިފަޅުގެ ސަރަހައްދުން ނަގާ ސާފުކުރުމަށް އަންގަމެވެ. އަދި މި މުއްދަތުގައި މި ސަރަހައްދުގައިވާ ތަކެތި ނުނަންގަވައިފިނަމަ، މިތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް މިކުންފުނިން ކުރާނެވާހަކަ ދަންނަވަމެވެ."ކުންފުނިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނީ، އެ ތަކެތި ދީފައިވާ މުހުލަތުގައި ނުނަގައިގެން ނައްތާލަން ޖެހިއްޖެ ނަމަ، އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް އެކުންފުނިން ޒިންމާނުވާނެކަމަށެވެ.

comment ކޮމެންޓް