ލ. ގަމުގައި އިމާރާތްކުރި ފެނަކައިގެ އާ އޮފީސް ހުޅުވައިފި

ލ. ގަމުގައި އިމާރާތްކުރި ފެނަކައިގެ އާ އޮފީސް ހުޅުވައިދުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ފެނަކަ

ލ. ގަމުގައި އިމާރާތްކުރި ފެނަކައިގެ އާ އޮފީސް މިއަދު ހުޅުވައިފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އޮފީސް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.

މީގެ ކުރިން ގަމުގެ ތިން އަވަށުގައި ފެނަކައިގެ ރިން އޮފީސް އިމާރާތް ހުރެއެވެ. ނަމަވެސް އާ އިމާރާތާއެކު އެއް ފުރާޅެއްގެ ދަށުން މަސައްކަތްކުރުމުގެ މަގު ފަހިވެ މުވައްޒަފުން ބަލަހައްޓައި އަދި މަސައްކަތްތަކަށް ހައްލެއް ލިބިގެންދާނެ ކަަމަށެވެ.

އެ ހަފްލާގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި އަދި ގަމު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވިސާމްވެސް ބައިވެރިވެލެއްވިއެވެ.

އޭގެ އިތުރުން މިހާރު ކުރިމަތިވަމުންދާ އިދާރީ މައްސަލަތަކަށްވެސް ހައްލެއް ލިބިގެންދާނެ ކަަމަށް ފެނަކައިން ބުންޏެވެ.

comment ކޮމެންޓް