މިދިޔަ މަހު 342 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވޭ: އެޗްޕީއޭ

މޭއި 16، 2015: މަދިރި ރުޅި ރުޅި ކެމްޕޭނުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މިދިޔަ މަހު 342 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓު ކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން މިއަހަރުގެ މީހާތަނަށް 4،420 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. މިދިޔަ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު ޑެންގީ ހުން ޖެހިގެން ވަނީ މަދުވެފައެވެ. އެހެން ނަމަވެސް ފާއިތުވި ދެ އަހަރާ އަޅާބަލާއިރު މިދިޔަ މަހު ޑެންގީ ހުން ޖެހުނު އަދަދު ވަރަށް ބޮޑަށް އިތުރުކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އެންމެ ގިނައިން ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވަނީ ށ، ނ، ޅ އަތޮޅުގެ އިތުރުން މާލެއާއި ހުޅުމާލެއިންއެވެ. އެގޮތުން ހުޅުމާލެއިން 89 މީހުން އަދި މާލެއިން 41 މީހަކަށް ޑެންގީ ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ.

ޑެންގީ ޖެހުނު މިންވަރު މަތި ނަމަވެސް ޗިކުންގުންޔާ ޖެހުނު މިންވަރު ވަނީ ވަަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން މިދިޔަ އޮކްޓޯވަރު މަހު އެ ބަލި ޖެހުނީ އެންމެ ހަތް މީހުންނަށެވެ. މިއަހަރުގެ މިހާތަނަށް 1،460 ޗިކުންގުންޔާ ވަނީ ޖެހިފައެވެ.

comment ކޮމެންޓް