ސީލައިފުން ބަދަލު ހޯދަން ކޯޓަށް ނުދާ މީހުންނަށް އަނެއްކާވެސް ފުރުސަތެއް

ސީލައިފުން ހުޅުމާލޭގައި އިމާރާތްކުރަން އިއުލާންކުރި ހައުސިންގް ޔުނިޓްތަކުގެ މޮޑެލެއް---

ސީލައިިފ އިން ފްލެޓު ގަތް ފަރާތްތަކުގެ ތެރެއިން ބަަދަލު ހޯދަން ކޯޓަށް ހުށަނާޅާ މީހުން ތިބިނަމަ އެކަން ހައުސިން ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުށަހެޅުމަށް އަނެއްކާވެސް ފުރުސަތެއް ދީފިއެވެ.

އެޗްޑީސީން މީގެ ކުރިން އެ ފުރުސަތު މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުވެސް ހުޅުވާލިއެވެ. އޭރު އެ ފުރުސަތު ހުޅުވާލައިފައި އޮތީ އެ މަހުގެ 26 އާ ހަމައަށެވެ.

ނަމަވެސް އަނެއްކާވެސް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ ހުށަހަޅައިފައެވެ.

އެގޮތުން ސީލައިފްއާއެކު ހެދި އެއްބަސްވުމާއި ފްލެޓު ގަތުމަށް ހެދި ރަސީދާއި އައިޑީކާޑުގެ ކޮޕީ ހުށަހަޅަން ޖެހޭނެ ކަަމަށް އެޗްޑީސީން ބުންޏެވެ.

ސީލައިފުން ފްލެޓު އަޅަން އިއުލާނުކުރި މަޝްރޫއާއެކު ފްލެޓު ގަތުމަށް 280 މީހަކު، ބުކިން ފީގެ ގޮތުގައި މީހަކު 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށްވުރެ ގިނައިން ސީލައިފަށް ވަނީ ދައްކައިފައެވެ.

އެޗްޑީސީގެ މެނޭޖިން ޑީރެކްޓަރު ސުހައިލް އަހްމަދު މިދިޔަ ސެޕްޓެމްބަރު މަހު "ސަން"އަށް ވިދާޅުވީ، ބަދަލު ހޯދުމަށް ހުށަހެޅި ފާރާތްތަކަށް ދޭން ޖެހޭ ބަދަލު 23 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން ބަދަލު ހޯދަން ހުށަނާޅާތީ ޖުމްލަ އަދަދު އެނގޭނީ ހުރިހާ ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށްފަހު ކަަމަށް އެޗްޑީސީން ބުނެއެވެ،

comment ކޮމެންޓް