"ޖާޒީ" ޝޫޓިން އަށް ޝާހިދު ތައްޔާރުވާން ފަށައިފި

ޝާހިދު ކަޕޫރު...

ކާމިޔާބު ތެލުގޫ ފިލްމު "ޖާޒީ" ރީމޭކެއް "ކަބީރު ސިންހް"ގެ ކާމިޔާބަށް ފަހު ހަދާނެ ކަމަށް ޝާހިދު ކަޕޫރު ވަނީ މީގެ ކުރިން ބުނެފަ އެވެ.

އެ ފިލްމުގެ ޝޫޓިންތައް ފެށުމުގެ ކުރިން ޝާހިދު މިހާރު ވަނީ އެ ފިލްމަށް ވަރަށް ބޮޑަށް ތައްޔާރުވާން ފަށައިފަ އެވެ. ކްރިކެޓްގެ ތަމްރީނުތައް މިހާރު އޭނާ ފަށާފައިވާ އިރު އެ ފިލްމުގެ އަންހެން ލީޑެއް ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ފިލްމު ޑައިރެކްޓްކުރާނީ އަސްލު ފިލްމު ޑައިރެކްޓްކުރި ގޯތަމް ކަމަށެވެ. އެ ފިލްމުގެ ފިރިހެން ލީޑަށް ޝާހިދު ހަމަޖެއްސުމަށް ފަހު ގޯތަމް ވަނީ އޭނާ އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

"މި ފިލްމުގެ ހިންދީ ރީމޭކަށް ޝާހިދު ނޫން ބަތަލެއް ފިޓެއް ނުވޭ. އޭނާ އެއީ މި ފިލްމަށް އެންމެ އެކަށީގެންވާ މީހާ. ޝާހިދަކީ ހިންދީ ސިނަމާ އެއްކޮށް ޖާދޫގައި ޖައްސާލެވޭނެ ބަތަލެއް،"

އަންނަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު ސްކްރީން ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމު ކުޅެން ޝާހިދު އެއްބަސްވީ ހަ މިލިއަން ޑޮލަރަށް ކަމަށް ބޭރުގެ ޚަބަރުތައް ބުނެ އެވެ.

ޖާޒީ އަކީ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމުގެ ތެލުގޫ ވާޝަނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

comment ކޮމެންޓް