ދޯންޏެއްގެ ވަތު ތެރެއަށް ވެއްޓި ޒުވާނަކު މަރުވެއްޖެ

މަސްވެރިން މަސް ބާނަނީ: --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން

ކ. ގުރައިދޫން މަހަށް ދިޔަ ދޯންޏެއްގެ ދޯންޏެއްގެ ވަތު ތެރެއަށް ވެއްޓި ޒުވާނަކު މަރުވެއްޖެ އެވެ. މަރުވެފައި އޮއްވާ ފެނުނީ 23 އަހަރުގެ ޒުވާނެކެވެ.

ފުލުހުން ބުނީ ފިރިހެނަކު ދޯނީގެ ވަތުތެރެއަށް ވެއްޓި ހަރަކާތް ހުއްޓިފައިވާ ކަމުގެ މައްސަލައެއް ރޭ 03:58 ގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އަދި ހެނދުނު 06:55 ހާއިރު ގުރައިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި މަރުކަޒަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެ އެވެ.

މިހާތަނަށް ފުލުހުން ބެލި ބެލުމުން ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށާއި މައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

comment ކޮމެންޓް