ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

އެކްސިޑެންޓު ހިނގީ ހުޅުމާލެއިން ދުއްވާފައި އައި ދެ ސައިކަލު ޖެހި --- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރޭ ހައިވޭގައި ހިނގި އެކްސިޑެއްގައި ދެމީހަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނެފައި ވަނީ ރޭގެ 23:40ގައި ހައިވޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓާ ގުޅިގެން ދެ ސައިކަލުގައި ތިބި ދެމީހުނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ކޮޅުން ދުއްވާފައި ދިޔަ ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލުގެ މުށްގަނޑުގައި އަޅައިގަތުމުން ކަމަށެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ބަލަމުންނެވެ.

comment ކޮމެންޓް