ސީރިއާގެ ރައްޔިތުންނަށް އެހީވާން "މަސްދަޅު ކެމްޕޭން" ފަށައިފި

"މަސްދަޅު ކެމްޕޭން" ގެ ޕޯސްޓަރެއް---

ސިރިއާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވާން ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން "މަސްދަޅު ކެމްޕޭން"ގެ ނަމުގައި ކެމްޕޭންއެއް ފަށައިފި އެވެ.

އެ ޖަމިއްޔާގެ ޗެއާމަން އަހުމަދު އިގްބާލް ވިދާޅުވީ "މަސްދަޅު ކެމްޕޭން"ގެ ނަމުގައި ކެމްޕޭންއެއް ލޯންޗުކުރަން ނިންމީ ދިވެހި އުފެއްދުމެއް ސީރިއާއަށް ފޮނުވުމުގެ އިތުރުން އެހީ ދިިނުމަށް ހަރަކާތްތެރިވާ ބޮޑު ޖަމިއްޔާ އިހާހާގެ އެހީގެ ސާމާނު ހުރި ގުދަންތައް ހުސްކޮށް ހުރުމުން ކާބޯތަކެތީގެ އެހީ ދިނުން މުހިންމު ކަމަށް ދެކޭތީ ކަމަށެވެ.

އެ ޖަމއްިޔާ އިން އިތުރަށް ބުނީ މި ދުވަސްވަރަކީ ފިނި މޫސުންކަމަށްވެފައި އަށް މިލިއަން ސީރިއާ ރައްޔިތުންގެ ގެދޮރު ހަލާކުވެ ވަރަށް ނިކަމެތި ހާލުގައި އެެމީހުން އުޅެމުންދާ ކަަމަށެވެ.

އެއިޑް ކެމްޕޭންއިން އިތުރަށް ބުނީ މަސް ދަޅު ހަދިޔާކުރުން ރާއްޖޭގެ ހުރިހާ މުވައްސަސާތަކަށާއި ކައުންސިލްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެ މަސްދަޅުތައް ފަހުން ކޮންޓޭނަރެއްގައި ބަންދުކޮށް ކަނޑުމަގުން ތުރުކީއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ޖަމއިްޔާ އިން ބުންޏެވެ.

އެއް ކޭސް މަސްދަޅުގެ އަގަކީ 725 ރުފިޔާ އެވެ. ބައިކޭސް ނުވަތަ ކޭހެއްގެ ހަތަރު ބައިކުޅަ އެއްބަޔަށްވާ ފައިސާ ޖަމާކޮށްގެން ވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

އެ މަސްދަޅުތައް ވިއްކުން ހުއްޓުވުމުގެ ގޮތުން "ނޮޓް ފޯ ސޭލް" ޓެގް ޖަހައި ލޭބަލްކުރުމަށް ހަމަޖެހިފަިއވާ ކަމަށް ވެސް އައިއޭސީ އިން ބުންޏެވެ.

ކެމްޕޭންއަށް އެހީވުމަށް:

BML islamic account : 7770000026263 EVe.

ގުޅޭ ޓެގު
comment ކޮމެންޓް