14 ރަށެށްގެ މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ހޯދުމަށް އިއުލާންކޮށްފި

ޖޭއެސްސީ: މެޖިސްޓްރޭޓުންނާއި އިސްމެޖިސްޓްރޭޓުން ހޯދުމަށް ވަނީ އިއުލާންކޮށްފައި

ސާދަ ރަށެއްގެ މެޖިސްޓްރޭޓުންނާއި އިސްމެޖިސްޓްެރޭޓުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާނުކޮށްފިއެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި 14 ރަށެއްގެ އި ސްމެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުންނަށް ކުރިމަތިލުމަށް ހުޅުވާލީ އަންނަ މަހުގެ 14 ވަނަ ދުވަހު މެންދުރު 12:30 އަށެވެ.

ގޮތުން ކުރިމަތި ލުމަށް ހުޅުވާލީ 11 ރަށެއްގެ އިސްމެޖިސްޓްރޭޓަކާއި ތިން ރަށެށްގެ މެޖިސްޓްރޭޓުންނަށެވެ.

އިސް މެޖިސްޓްރޭޓުން ހޯދާ ރަށްތައް:

  • ހދ. ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް
  • ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓް
  • ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް
  • ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
  • ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓް
  • އއ. މަތިވެރި މެޖިސްޓްރޭޓް ކޯޓް
  • އއ. މަތިވެރި މެޖިސްޓްރޭޓް ކޯޓް
  • ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް
  • ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓް
  • ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓް
  • ގއ. ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓް
  • ގދ. ފަރެސްމާތޮޮޑާ މެޖިސްޓްރޭޓް ކޯޓް

މެޖިސްޓްރޭޓުން ހޯދާ ރަށްތައް:

  • ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓް
  • ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓް
  • ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓް

މަގާމަށް ކުރިމަތިލެވޭ މީހުންގެ ތައުލީމާއި ތަޖުރިބާ:

އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު؛ ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު، ފަނޑިޔާރުކަމުގައި ނުތަވަ ގާނޫނީ ވަކީލުކަން ކުރުމުގައި މި ދެކަމުގައި ނުވަތަ، ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިވުން.

އިއުލާނުގައި ވާގޮތުން އިސް މެޖިސްޓްރޭޓެއްގެ އަސާސީއާ މުސާރައާއި އެހެނިހެން އެލެވެންސްތަކާއެކު ޖުމްލަ މުސާރައަކީ 25،600 އެވެ. މެޖިސްޓްރޭއްގެ ޖުމްލަ މުސާރައަކީ 23،450 ރުފިޔާއެވެ.

comment ކޮމެންޓް