ސްޓެލްކޯގައި ޕްރަޔޯރިޓީ ކައުންޓަރެއް ހުޅުވައިފި

ކަސްޓަމަރުންނާ މުއާމަލާތް ކުރާނެ ސުލޫކީ މިންގަނޑު ހިމެނޭ އަތްމަތީ ފޮތް ޖީހާން ނެރެދެއްވަނީ--- ފޮޓޯ: ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެ ކުންފުނިން ހިދުމަތް ހޯދަން ދާ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޕްރަޔޯރިޓީ ކައުންޓަރެއް ހުޅުވައިފި އެވެ.

އުމުުރުން ދުވަސްވީ މީހުންނައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މާބަނޑު މީހުންނާއި ހަ އަހަރުން ދަށުގެ ކުޑަކުދިން ގޮވައިގެން އަންނަ މީހުންނަށް އެ ކައުންޓަރުން ހާއްސަ އަހައްމިއްޔަތުކަމެއް ދޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި އެ ކައުންޓަރު ހުޅުވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މުވައްޒަފުން ކަސްޓަމަރުންނާ މުއާމަލާތް ކުރާނެ ސުލޫކީ މިންގަނޑު ހިމެނޭ އަތްމަތީ ފޮތެއް ވެސް ވަނީ ނެރެފަ އެެވެ. އެ ފޮތް ނެރެދެއްވީ ވެސް ޖީހާން އެވެ.

ކަސްޓަމަރުންނާ މުއާމަލާތް ކުރާނެ ސުލޫކީ މިންގަނޑު ހިމެނޭ އަތްމަތީ ފޮތް ޖީހާން ނެރެދެއްވަނީ--- ފޮޓޯ: ސްޓެލްކޯ

މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގެ ހިދުމަތްތައް ފަހަަކަށް އައިސް ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށާއި އަދި ކުންފުނީގެ ހިދުމަތް ފުޅާވަމުންދާ ވަރަކަށް ކަސްޓަމަރުންނާ ގާތުން ހިދުމަތްދޭން ޖެހޭނެ ކަަމަށެވެ.

"ހިދުމަތް ދިނުމުގައި ވެސް އަޅުގަނޑުމެން ތިބެންވާނީ ރާއްޖޭގެ އެއް ނަންބަރު ކުންފުނީގެ ގޮތުގައި." މުޣުނީ ވިދާޅުވި އެވެ.

ސަރުކާރުގެ އެހެން ބައެއް މުވައްސަސާތަކުގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ފަރާތްތަކަށް ހިދުމަތް ދިނުމުގައި އިސްކަންދެ އެވެ.

comment ކޮމެންޓް