އިންޑިއަން އައިޑަލްގެ ގަދަ 15 މިތިބީ

އިންޑިއަން އައިޑޮލް 11 ވަނަ ސީޒަން ފަށަން ވަނީ ތައްޔާރުވެފައި---

ސޮނީ އެންޓަޓެއިންމަންޓުން ގެނެސްދެމުން އަންނަ އިންޑިއަން އައިޑަލްގެ ތިއޭޓާ ރައުންޑް ކާމިޔާބުކަމާއެކު ނިންމާލައި ގާލާ ރައުންޑަށްދާ އިންޑިއަން އައިޑަލްގެ ގަދަ 15 ބައިވެރިން ކަށަވަރުވެއްޖެއެވެ.

އިންޑިއަން އައިޑަލްގެ ގަދަ 15 ބައިވެރިން ކަށަވަރުވީ ތިއޭޓާ ރައުންޑުގެ 30 ބައިވެރިންގެ ތެރެއިންނެވެ. އެ ދުވަހު އެންމެ ރަނގަޅަށް ޕާފޯމް ކުރި ބައިވެރިން ހޮވާލިއިރު އަނެއް 15 ބައިވެރިންނަށް ޖެހުނީ ޝޯގެ ދަތުރު ނިންމާލާށެވެ.

އެ ޝޯ ދައްކާނީ ރާއްޖެ ގަޑިން ކޮންމެ ހޮނިހިރު ދުވަހަކާއި އާދިއްތަ ދުވަހުގެ ރޭ 7:30 ގަ އެވެ. އިންޑިއާގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ކުދިން އެ މުބާރާތުގައި ވަނީ ބައިވެރިވެފަ އެވެ.

ޝޯގެ ޖަޖުންގެ ގޮތުގައި ފެނިގެންދާނީ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރާއި ލަވަކިޔުންތެރިޔާ ވިޝާލް ދަދްލާނީގެ އިތުރުން އަނޫ މާލިކެވެ.

ސޮނީ އެންޓަޓެއިންމެންޓް އިން ގެނެސްދޭ މި ޝޯގެ ފުރަތަމަ ސީޒަން ދައްކާފައި ވަނީ 2004 ގަ އެވެ. ފުރަތަމަ އިންޑިއަން އައިޑަލް އަކީ އަބީޖީތު ސާވަންތް އެވެ.

comment ކޮމެންޓް