ތ. އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާ ދޭން ފަށައިފި

ތ. އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---- ފޮޓޯ: ހެލްތު މިނިސްޓްރީ

ތ. އަތޮޅު ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ޑެންޓަލް ނުވަތަ ދަތުގެ ހިދުމަތް ދޭން ފަށައިފިއެވެ.

ތ. އަތޮޅު ހޮސްޕިޓަލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް އިފްތިތާހްކޮށްދެއްވީ ހެލްތުގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދެވެ.

އެ ހޮސްޕިޓަލްގައި މިލިއަނެއްހާ ރުފިޔާގެ ޑެންޓަލް ސެޓަޕްއެއް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވަނީ ބަހައްޓައިފައެވެ.

އެ ހިދުމަތް ތައާރަފުކުރުމާއެކު މުވައްޒަފުންނަށް އަހަރެއްގެ މައްޗަށް 650،000 ރުފިޔާ ހަރަދުވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން އިތުރަށް ބުނީ ދަތުގެ ފަރުވާ ހޯދުމަށްޓަކައި ވޭތުވެދިޔަ ދުވަސްތަކުގައި އަތޮޅުގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ ބަލިމީހުން މާލެ އަދި ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ރިފާކޮށްފައިވާ ކަމަށެވެ.

ތ. އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---- ފޮޓޯ: ހެލްތު މިނިސްޓްރީ

އެ ހޮސްޕިޓަލުން މިހާރުވެސް އެވްރެޖްކޮށް ދުވާލަކު 100 މީހުން ދަނީ ހިދުމަތް ހޯދަމުންނެވެ.

ތ. އަތޮޅުގެ އާބާދީގައި 16،621 ހިމެނޭއިރު ދަތުގެ ފަރުވާ އެ އަތޮޅުގެ ގިނަ ބަޔަކު ތ. އަތޮޅު ހޮސްޕިޓަލުން ހޯދާނެކަމަށް ވަނީ ބެލެވިފައެވެ.

ތ. އަތޮޅު ހޮސްޕިޓަލްގައި މިވަގުތު ފަސް ސްޕެސަލިސްޓް ޑޮކްޓަރުންނާއި ދެ މެޑިކަލް އޮފިސަރަކާއި 11 ނަރުހުންގެ އިތުރުން ނުވަ ޓެކްނިކަލް މުވައްޒަފުން މަސައްކަތް ކުރަމުން ދެއެވެ.

comment ކޮމެންޓް