އިންޓަނޭޝަނަލް ދަރިވަރުން ލިބުމުގައި ދަތިތައް އެބަހުރި: ގައުމީ ޔުނިވާސިޓީ

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ބޭފުޅުންނާ ބައްދަލުކުރުން---- ފޮޓޯ: މަޖިލިސް

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)އަށް އިންޓަނޭޝަނަލް ދަރިވަރުން ލިބުމުގައި ބޮޑެތިި ދަތިތަަކެއް އެބަހުރިކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

އިއްޔެ ކުރިއަށް ދިޔަ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީ ޖަލްސާގައި ގައުމީ ޔުނިވަސިޓީން އިންތަނޭޝަނަލް ދަރިވަރުން އެކަށީގެންވާ ވަރަށް ނުފެންނާތީ ވަނީ ސުވާލުކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ އިންޓަނޭޝަނަލް ދަރިވަރުން ހޯދަން އެކަށީގެންވާ ވަސީލަތްތައް އެ ޔުނިވާސިޓީގައި ނެތް ކަމަށެވެ.

"ރާއްޖޭގެ ޓުއަރިޒަމް އެންޑް ހޮސްޕިޓާލިޓި ފެކަލްޓީއަކީ ހަގީގަތުގައި އެ ދިމާލަށް ދާން ތަރައްގީ ކުރި ތަނެއް. އެހެންނަމަވެސް އެ އިމާރާތް ހަގީގަތުގައި ބޭނުމެއް ނުކުރޭ. އެ ފެސިލިޓީސް ވެސް ބޭނުންނުކުރެވެނީ ޖާގައިގެ ދަތިތަކެއް ދެން އިންޓަނޭޝަނަލް ކުދިން ގެންނަންޏާ އެކުދިން ބައިތިއްބާނެ ތަންތަންވެސް ހުންނަންޖެހޭނެ. އެހެންވީމާ ޔުނިވާސިޓީ އެ ލެވެލްގައި ބޭރުކުދިންނަށް އެޓްރެކްޓް ކުރެވޭނެ އެންމެ ބޮޑު އެއް ގޮތަކީ އަޅުގަނޑުމެންނަށް މިހާރު ދިމާވެފައިވާ ޖާގައިގެން ދަތިކަން ހައްލުކުރެވިގެން،"ޑރ. ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު ވެސް ރާއްޖޭގައި ތިމާވެއްޓާއި މެރިން ސައިންސަސް ފަދަ ދާއިރާތަކުން ރާއްޖޭގައި ކޯސްތައް ފެށިއްޖެ ނަމަ ރާއްޖެއަންނަ އިންޓަނޭޝަނަލް ދަރިވަރުން އިތުރުވެގެންދާނެ ކަމަަށެވެ.

"ހަމަގައިމުގައި ވެސް އެހެން ތަންތާ ނެތް ލެބެއް މިއޮތީ އަޅުގަނޑުމެން ވަށައިގެން،" ޑރ. ޝަރީފް ވިދާޅުވި އެވެ.

އެމްއެންޔޫގެ ޗާންސެލާ ޑރ. ހަސަން ހަމީދު އެ ކޮމެޓީގައި ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ގާނޫނުގެ ދަށުން ވެސް އެންމެ ބޮޑަށް އިސްކަންދޭން ޖެހޭނީ ގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކުރުމަށް ކަމަށާއި އެހެންކަމުން އެންމެ އިސްކަންދޭން ޖެހޭނީ ދިވެހި ކުދިންނަށް ކަމަށެވެ.

"ނާސިން ކޯހަކީ ވެސް ވަރަށް ކޮލެޓީކޮށް ހިންގަމުން ދިޔަ ކޯހެއް. އެހެންވީމާ އެކޯހަށް ވެސް ރާއްޖެ އިން ބޭރުން ކޯހަށް ކުދިން އަންނާނެ. އެކަމަކު ވާގޮތަކީ އެހާބޮޑު ޑިމާންޑެއް އޮއްވައި އަޅުގަނޑުމެން އޭގެން ބައެއް ރިޒާވްކުރަންވީ ބޭރު މީހުންނަށްތޯ. ކިހިނެއްތޯ އޭގެ ހަގީީގީ އަގު ކަނޑައަޅާނީ." ޑރ. ހަސަން ހަމީދު ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީގެ ރެޖިސްޓްރާ ޑރ. ސައުދުﷲ އަލީ ވިދާޅުވީ އެމްއެންޔޫގައި މިހާރު ވެސް 17 އިންޓަނޭޝަނަލް ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ނައިޖީރިއާ ފަދަ ގައުމުތަކުން ނާސިން ފަދަ ކޯސްތަކަށް ކުރިމަތިލާ ކަަމަށާއި އެހެން ނަމަވެސް ނާސިން ފަދަ އެންމެ ބޮޑަށް ޑިމާންޑް އޮންނަ ކޯސްތަކަށް އިންޓަނޭޝަނަލް ދަރިވަރުންނަށް ޖާގަ ނުދޭ ކަމަށެވެ. އެފަދަ ދަރިވަރުންގެ އަތުން ދިވެހި ދަރިވަރުންގެ އަތުން ނަގާ ފީގެ ފަސް ގުނަ ނަގާ ކަމަށާއި އަދި އެ ދަރިވަރުންނަށް އެކޮމަޑޭޝަން ލިބުމުގައި ދަތިތަައް ހުންނަ ކަަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް