ހުޅުމާލެ ޕްރީސްކޫލް ހިންގައިދޭން ހަތަރުވަނަ ފަހަރަށް ބީލަމަށް

ހުޅުމާލެ ޕްރީ ސްކޫލް-- ފޮޓޯ/ މިހާރު

ހުޅުމާލެ ޕްރީސްކޫލް ހިންގައިދޭނެ ބައެއް ހޯދަން ހަތަރުވަނަ ފަހަރަށް އިއުލާނުކޮށްފިއެވެ.

ހުޅުމާލެ ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް ކުރި އިއުލާނު ބާތިލުކުރީ މި ހަފްތާ ތެރޭގައެވެ.

މީގެ ކުރިން މި ސްކޫލު ހިންގައިދޭނެ ފަރާތެއް ހޯދަން ކުރި އިއުލާނާ ގުޅިގެން ތިން ފަރާތަކުން އެކަމަށް ކުރިމަތިލިއެވެ.

އޭގެ ތެރޭގައި ކެންގަރޫ ކިޑްސް ހިންގާ އައިލެންޑާސް އެޑިއުކޭޝަނާއި ހުޅުމާލޭގައި ބްރައިޓްވޭ ސްކޫލް ހިންގަމުން އަންނަ ކޮލިޓެޓް އެޑިއުކޭޝަން އާއި މެރިޓައިމް އެކަޑަމީ ނަމަކަށް ކިޔާ ބައެކެވެ.

ނަމަވެސް އެ ބީލަމުގެ ޕްރޮސެސްގައި އިސްލާހުކުރަން ޖެހޭ ކަންތައްތައްތަކެއް އުޅޭކަމަށް ފެންނާތީ ކަމަށް ބުނެ އޭސީސީން އެ ބީލަން ފަހުން ވަނީ ބާތިލްކޮށްފައެެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދެން އެ ބީލަން ހުށަހެޅުމާއި ބީލަންތައް ހުޅުވުން އޮންނާނީ އަންނަ ނޮވެންބަރު 21 ވަނަ ދުވަހުގައި ކަމަށެވެ.

ހުޅުމާލޭގައި މިހާރުވެސް އަމިއްލަ ދެ ޕްރީސްކޫލް ދަނީ ހިންގަމުންނެވެ.

comment ކޮމެންޓް