23 އަހަރުގެ އަންހެނެއް ގެއްލިގެން ހޯދާތާ ފަސް ދުވަސް

ގެއްލިގެން ހޯދާ ހ. ލާމިޔާގޭ އައިމިނަތު ނަޝާ ނާޝިދު--- ފޮޓޯ: ޕޮލިސް މީޑިއާ

ޒުވާން އަންހެނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ.

ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނީ ގެއްލިގެން ހޯދަނީ 23 އަހަރުގެ އަންހެނެއް ކަމަށެވެ.

ގެއްލިގެން ހޯދަނީ ހ. ލާމިޔާގޭ އައިމިނަތު ނަޝާ ނާޝިދު އެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ދިޔަ ބުދަ ދުވަހުގެގެ ދަންވަރު 01:30 ހާއިރުކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އޭނާއާ ބެހޭ އިތުރު ތަފްސީލެއް ފުލުުހުން ނުދެއެވެ.

ނަޝާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 9631696 އާ ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވައިފައެވެ.

comment ކޮމެންޓް