ދިވެހި ޓެގްލައިން ތަކަކާއެކު ޝެއާ އަ ކޯކުގެ އާ ކެމްޕެއިނެއް

ކޮކާކޯލާއިން އާ ކެމްޕެއިން އެއް ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮކާކޯލާގެ ޝެއާ އަ ކޯކު ކެމްޕެއިނު އިތުރަށް ފުޅާކޮށް ލޯބި، ދިވެހި ޓެގްލައިންތަކަކާއެކު ކޯކު ފުޅި ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

މިއަދު ސޯލްޓު ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޝެއާ އަ ކޯކުގެ އާ ކެމްޕެއިން ލޯންޗު ކުރި އިރު ތަފާތު އަށް ޓެގްލައިނެއްގައި ކޯކު ފުޅި ވަނީ ބާޒާރަށް ނެރެފަ އެވެ.

ކޮކާކޯލާއިން އާ ކެމްޕެއިން އެއް ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންމެ ކެރޭ، އެންމެ ހިތްވަރުގަދަ، އެންމެ ލޯބިވާ، އެންމެ ސަކަ، އެންމެ ސަޅިމީހާގެ އިތުރުން ރީތި ހުސްކުރި، ހަބޭސް އަދި ރީތި ހުސްކުރި ފަދަ ޓެގްލައިންތަކާއެކު ނެރުނު ކޯކު ފުޅިތަކަށްވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ކޮކާކޯލާ އިން އުއްމީދު ކުރެއެވެ.

ޝެއާ އަ ކޯކު ކެމްޕެއިނުގެ ދަށުން ބައެއް ގައުމުތަކުގައި ލަވައިގެ ނަމާއި ފިލްމުތަކުގެ ނަމާއެކުވެސް ކޯކު ފުޅި ބާޒާރަށް ނެރެފައިވެއެވެ.

ޝެއާ އަ ކޯކް ކެމްޕެއިން ރާއްޖެ އަށް އެންމެ ފުރަތަމަ ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ކޮކާ ކޯލާގެ ކަންޓްރީ މެނޭޖަރު ޕަންކަޖު ސިންހަ ވިދާޅުވީ ފާއިތުވި އެއް އަހަރުގެ ތެރޭގައި ޝެއާ އަ ކޯކް ކެމްޕެއިން އަށް ރާއްޖެއިން ބޮޑު ސަޕޯޓެއް ލިބުނު ކަމަށެވެ.

ކޮކާކޯލާއިން އާ ކެމްޕެއިން އެއް ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދޮޅު މަސް ތެރޭ ފުރަޔަމަ ސްޓޮކު ހުސްވި. އެއީ ރާއްޖެއިން އެ ކެމްޕެއިނަށް ލިބުނު ބޮޑު ސަޕޯޓެއް،" ޕަންކަޖު ވިދާޅުވިއެވެ.

މިފަހަރު ލޯންޗު ކުރި ކެމްޕެއިނަކީ ގާތް މީހަކަށް، އޭނާގެ ޕާސަނަލިޓީ އާއި ގުޅުވައިގެން ކޯކު ފުޅިއެއް ހަދިޔާ ކުރެވޭނެ ކެމްޕެއިނެކެވެ.

ކޮކާ ކޯލާގެ "ޝެއާ އަ ކޯކު" ކެމްޕެއިން އަކީ އެކުންފުނީގެ އެންމެ ކާމިޔާބު އެއް ކެމްޕެއިނެވެ. މިއީ އެކި މީހުންގެ ދެމެދުގައި އޮންނަ ގުޅުން ތަމްސީލުކޮށްދޭ ކެމްޕެއިނެއް ކަމަށާއި 2011 ވަނަ އަހަރު އޮސްޓްރޭލިއާގައި ފެށި މި ކެމްޕެއިން ދުނިޔޭގެ ގިނަ ގައުމުތަކަށް ފުޅާކޮށްފައިވާކަމަށް އެކުންފުނިން ބުނެ އެވެ.

މި ކެމްޕެއިނާ އެކު ކެމްޕެއިނަށް ހާޢްސަ އިޝްތިހާރެއް ވެސް ވަނީ ލޯންޗުކޮށްފަ އެވެ.

comment ކޮމެންޓް