ދ. މީދޫގައި ސިޔާމް އަޅުއްވައިދެއްވި ޓާފް ދަނޑު ހުޅުވައިފި

ސަން ސިޔާމް ކެއާގެ ޗެއާމަން އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ދ. މީދޫގައި އަޅުއްވައިދެއްވި ޓާފް ދަނޑު ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުވުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސަން ސިޔާމް ކެއާގެ ޗެއާމަން އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ދ. މީދޫގައި އަޅުއްވައިދެއްވި ޓާފް ދަނޑު ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުވައިފިއެވެ.

މީދޫގައި އަލަށް ހެދި ޓާފް ދަނޑު ރަސްމީކޮށް އިއްޔެ ހަވީރު ކުލަގަދަ ރަސްމިޔާތަކާ އެކީ ހުޅުވުމުގެ ގޮތުން ދަނޑުގައި ފޯރިގަދަ މެޗެއް ވަނީ ކުޅެފައެވެ. އެ މެޗުގައި ބައްދަލުކޮށްފައި ވަނީ މީދޫގެ ވެޓަރަންސް ޓީމަކާއި މެމްބަރު ސިޔާމްގެ ހާއްސަ ވެޓަރަންސް ޓީމެވެ. ސިޔާމްގެ ޓީމުގައި، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފްގެ އިތުރުން ގޯލްޑް ކެޕްޓަން އައްސަދު އަބްދުލްޢަނީ އަދި ރާއްޖޭގެ ކުރީގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ.

ފީފާގެ ސްޓޭންޑާޑަށް މީދޫގައި ހުޅުވި ޓާފް ދަނޑު އެ ރަށުގެ ކައުންސިލާ ހަވާލުކުރުމަށާއި ދަނޑު ރަސްމީކޮށް ހުޅުވުމުގެ ރަސްމިޔާތުގައި ވާހަކަޕުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ދަނޑު ހުޅުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި މިފަދަ ދަނޑެއްގެ އިންތިޒާރުގައި މީދޫ ރައްޔިތުން ތިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުން އެކަމުގެ ވާހަކަ ހުށަހެޅުމުން ދަނޑެއް އަޅައިދެވުނީތީ ވަރަށްވެސް އުފާކުރައްވާ ކަމަށެވެ.

ސަން ސިޔާމް ކެއާގެ ޗެއާމަން އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ދ. މީދޫގައި އަޅުއްވައިދެއްވި ޓާފް ދަނޑު ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުވުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަދި މިފަދަ ދަނޑުތައް އެޅުމުގެ ސަބަބުން ގައުމީ ފެންވަރާއި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން އުފެދުމުގައި ފަސޭހަތަކެއް ލިބޭނެކަން ސިޔާމް ފާހަގަކުރެއްވިއެވެ.

"މި ދަނޑު ބޭނުން ކުރެވިގެން ދާން ޖެހޭނީ އަޅުގަނޑު ދެކޭ ގޮތުގައި މުސްތަގުބަލުގެ ފައިދާއާއި ލާބައަށް. މިފަދަ ފުޓުބޯޅަ ދަނޑެއް އެޅުމުގެ ސަބަބުން މިރަށުގައި ވަރަށް ގިނަ ކުޅިވަރުތައް ފެށިގެން ދާނެ،" ސިޔާމް ވިދާޅުވި އެވެ.

ސަން ސިޔާމް ކެއާގެ ޗެއާމަން އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ދ. މީދޫގައި އަޅުއްވައިދެއްވި ޓާފް ދަނޑު ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުވުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސިޔާމް އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ހަގީގަތުގައި ވޯލްޑްކަޕަށްވެސް ތައްޔާރުވާން ޖެހޭ ވަރުގެ ގައުމެއް ކަމަށެވެ. އެގޮތުން މިފަދަ ދަނޑުތައް އެޅިގެން މުސްތަގުބަލުގައި ކުޑަކުދިން ކުޅެމުން އައިސް ވޯލްޑް ކަޕަށް ވެސް ކޮލިފައި ވެގެންދާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް ވެޓަރަންސް ކުލަބު ޗެއާމަން ކާމިނީޕޫލް ހަސަން މަނިކްއަކީ. އެ ބޭފުޅާ ވިދާޅުވީ މި ދަނޑަކީ ވަރަށް ފުރިހަމަ ދަނޑެއް ކަމަށް. އެހެން ކަމުން މިރަށުގެ ސުކޫލުތަކުގެ ކުޑަކުދިންނަށް ކޯޗެއްގެ ޓްރެއިންނިންގް އާއެކު ފުޓުބޯޅަ ދަނޑަށް ނެރެދެއްވާނެކަމުގެ އުފާވެރި ހަބަރު އެ ބޭފުޅާ ވަނީ ދެއްވައިފަ،" ސިޔާމް ވިދާޅުވިއެވެ.

ސަން ސިޔާމް ކެއާގެ ޗެއާމަން އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ދ. މީދޫގައި އަޅުއްވައިދެއްވި ޓާފް ދަނޑު ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުވުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މީގެ އިތުރުން ދަނޑު ރަނގަޅަށް ބެލަހައްޓައިގެން ގެންގުޅުމަށް މީދޫ ރައްޔިތުންގެ ކިބައިން ސިޔާމް އެދިވަޑައިގެންނެވއެވެ. އެގޮތުން ދަނޑުގައި ހުސްފަޔާ އަދި ހުސްގަޔާ ކުޅުން މަނާކުރައްވާ ކަމަށާއި ކުޅެން އަރަން ޖެހޭނީ އެކަމަށް އޮންނަ ހާއްސަ އުސޫލުތަކާއި ޔުނީފޯމެއްގައި ކަމަށް ވިދާޅުވި އެވެ.

މީދޫ ދަނޑު ހުޅުވުމުގެ ގޮތުން އިއްޔެ ކުޅުނު ފޯރި ގަދަ މެޗު 0-3ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ މެމްބަރު ސިޔާމް ކުޅުއްވި ވެޓަރަންސް ޓީމެވެ. ސިޔާމްގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ގޯލް ޖެއްސެވިއެވެ.

comment ކޮމެންޓް