ޓްރީޓޮޕްގައި ފުރަތަމަ ފަހަރަށް އުކުޅުވަޅުގެ ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް

ޓްރީޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޓްރީޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އުކުޅުވަޅުގެ ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކީ ކޮށްފިއެވެ.

ހުޅުމާލެ ހޮސްޕިލުން ބުނީ އެ އޮޕަޜޭޝަން ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.

އެ އޮޕަރޭޝަންކޮށްފައި ވަނީ ރާއްޖެބައްޔަށް (އާތުރައިޓިސް އަށް) ފަރުވާ ކުރަމުންދާ 29 އަހަރުގެ މީހެއްގެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ އޮޕަރޭޝަން ކުރުމަށް ހަރަކާތްތެރިވެފައިވަނީ ކަށީގެ އޮޕަރޭޝަނަށް ޚާއްސަ ޑޮކްޓަރުން، ޑރ. ކަންނިރާޖް މަރިމުތު، އަދި ޑރ. ޑޭވިޑް މޮންޓިނެގްރޯ އަދި ޑރ. ހުސެއިން ފައިސަލްއެވެ. އެ ބޭފުޅުންގެ އިތުރުން އަމަލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހޭނައްތާ ޑޮކްޓަރ ޑރ. ވޮރަން ކަބަލާ އަދި ނަރުހުންގެ ޓީމެކެވެ.

ޓްރީޓޮޕްއިން ބުނީ އެ ހޮސްޕިޓަލްގެ ކަށީގެ ހާއްސަ ޑޮކްޓަރުންނަކީ ތަޖުރިބާކާރު އަދި ހުޅުތައް ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމުގައި ވަރަށް ގާބިލް ބޭފުޅުން ކަމަށާއި އެ އޮޕަރޭޝަން ކުރުމުގައި ޑޮކްޓަރުން ބޭނުން ކުރައްވަނީ އެންމެ ޒަމާނީ ވަސީލަތްތައް ކަމަށެވެ.

ކަށީގެ ހާއްސަ ޑޮކްޓަރުންނަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 09:00 ން ހަވީރު 06:00 އެޕޮއިންޓްމަންޓް ލިބެއެވެ.

comment ކޮމެންޓް