ކަނޑު އުޅަނދުތައް ދަތުރުކުރާ މަގު ބަލައިލެވޭނެ ހިދުމަތެއް ދިރާގުން

މޯލްޑިވްސް މެރިން އެކްސްޕޯ 2019 ގައި ދިރާގުގެ ސްޓޯލް-- ފޮޓޯ: ދިރާގު

ކަނޑު އުޅަނދުފަހަރު ދަތުކުރާ ރޫޓް ވަގުތުން ބަލައިލެވޭ ޓްރެކިންގް ހިދުމަތެއް ދިރާގުން ތައާރަފުކޮށްފި އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ 2019ގެ ތެރެއިން އެ ހިދުމަތް ތައާރަފުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

ދިރާގުން ބުނީ އެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެ ވެސް އެ އުޅަނދާ ބެހޭ މައުލޫމާތު ހޯދާލެވޭނެ ކަމަށެވެ.

ދިރާގު ޓްރެކިންގް ސާވިސްގެ ސިފަތައް:

  • އުޅަނދުގެ ލޮކޭޝަން ރިއަލް ޓައިމްކޮށް ބަލާލުން
  • ނުރައްކާތެރި ހާލަތްތަކުގައި ސަލާމަތީ ބާރުތަކަށް ގުޅާލެވޭ ޕެނިކް ބަޓަންއެއް
  • އުޅަނދުގެ ދުވެއްޔާއި ތެޔޮ ބޭނުންކުރާ މިންވަރު ބަލާލުން
  • މަންޒިލަށް ވާސިލުވާން ބާކީ ނަގާނެ ވަގުތު ބަލާލުން
  • ގިނަ އުޅަނދުތައް ފަސޭހައިން މެނޭޖް ކޮށްލެވޭ

ދިރާގު ޓްރެކިންގް ސާވިސްއަކީ، ސިމްކާޑަކާއެކު ދިރާގުން ވިއްކާ ޑިވައިސްއެއް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތެކެވެ. މި ހިދުމަތުން އުޅަނދުގެ ލޮކޭޝަން ދެނެގަތުމަށް ބޭނުންކުރަނީ ގޫގްލް އާތު ޓެކްނޮލޮޖީ އެވެ.

comment ކޮމެންޓް