ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްއަކަށް އަލީ އާރިފު ހަމަޖައްސައިފި

އަލީ އަރިފު ލީޑަރު ގާސިމާއެކު: ޖޭޕީގެ އެސްޖީއަކަށް އަލީ އާރިފު ވަނީ އައްޔަން ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ހުސްވެފައިވާ ސެކެޓްރީ ޖެނެރަލްއަލްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފު ހަމަޖައްސައިފި އެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މިހާރު ހުންނަވަނީ ޑަބްލިއުއެޗްއޯގެ ރިޕަރަޒެންޓޭޓިވް އަކަށެވެ.

ޖެޕީގެ އިސް ތަރުޖަމާނު އަލީ ހުސައިން "ސަން" އަށް ވިދާޅުވީ، އެ މަގާމަށް އަލީ އާރިފު އައްޔަން ކުރެއްވީ އިއްޔެ ކަމަށެވެ. އެޕާޓީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ ލިޔުން ހަވާލު ކުރެއްވީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހިމް އެވެ.

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ސްޕޯކްސްޕާސްނަގެ މަގާމު ފުރުއްވި އަލީ އާރިފު ޖޭޕީއާ ގުޅިވަޑައިގަތީ މިދިޔަ އަގަސްޓު މަހު، 26 ގައެވެ.

ޕާޓީއާ ގުޅިވަޑައިގެންވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އަރިފު ވަނީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ގާސިމް މީގެ ކުރިން މީހުން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ނަމަވެސް، ދެން އޮންނަ ރިޔާސީ އިންތިހާބެއްގެ ވާދަކޮށް ކާމިޔާބުގައި ކުރައްވާނީ ގާސިމް ކަަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަލީ އާރިފް އަކީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރުގެ ވެރިކަން ކުރާ މައި ޕާޓީ، ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ނައިބު ލީޑަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

https://sun.mv/123491

comment ކޮމެންޓް