ރެމޯ ހައްޔަރުކުރުމުގެ އަމުރެއް ނެރެފި!

މަޝްހޫރު ކޮރިއޯގްރަފާ ރެމޯ ޑި ސޫޒާ---

ހިޔާނާތުގެ މައްސަލައަކާ ގުޅިގެން މަޝްހޫރު ކޮރިއޯގްރާފަރު/ޑައިރެކްޓަރު ރެމޯ ޑި ސޫޒާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފި އެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ގަޒީއާބާދު ކޯޓުން އެ އަމުރު ނެރުމަށްފަހު ނޯޓިސް ވަނީ މުމްބާއީގެ ފުލުހުންނަށް ފޮނުވާފަ އެވެ.

ހަބަރުތައް ބުނާގޮތުގައި ރެމޯ ހައްޔަރުކުރަން ނިންމީ "އަމަރު މަސްޓް ޑައި" ކިޔާ ފިލްމެއް ހަދަން ފަހުން ދައްކާ ގޮތަށް ފަސް ކްރޯޑް ރުޕީސް ނަގައި އެއަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއްގަ އެވެ.

އަނބުރާ ފައިސާ ދައްކާ އިރު 10 ކްރޯޑް ރުޕީސް ދޭނެ ކަމަށް ރެމޯ ވައުދުވި ނަމަވެސް އެ ފިލްމު ރިލީޒްކުރުމަށްފަހު ރެމޯގެ ހަބަރެއް އެއްގޮތަކަށްވެސް ނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ރެމޯ މިހާރު ތައްޔާރުވަމުން އަންނަނީ ސްޓާ ޕްލަސްއިން ދައްކަމުން އަންނަ ސިލްސިލާ ޑާންސް ޝޯ "ޑާންސް ޕްލަސް"ގެ ފަސް ވަނަ ސީޒަނަށެވެ. އޭގެ ޕްރޮމޯވެސް މިހާރު ވަނީ ސްޓާޕްލަސް އިން ދައްކާފަ އެވެ.

comment ކޮމެންޓް