ނާޖާއިޒު ގޮތުގައި ވަޒީފާ ދޭ ކަމަށް ބުނެ އޭސީސީއަށް ހުށަހަޅާ މައްސަލަތައް ގިނަ

އޮކްޓޯބަރ 15، 2019: އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒުމޫސާ

މިދިޔަ ކުއާޓަރުގެ ތެރޭގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ނާޖާއިޒު ގޮތުގައި ވަޒީފާ ދިނުމާއި ވަކިކުރުުމުގެ މައްސަލަތައް ކަމަށް އެ އިދާރާގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.

އެސީސީއިން މިއަދު އާންމު މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، އޭސީސީއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޕްރޮކިޔުމެންޓާ ގުޅޭ މައްސަލަތަކެވެ. އެގޮތުން ޕްރޮކިއުމަންޓާ ގުޅޭ 157 މައްސަލައެއް އޭސީސީ އަށް ހުށަހެޅުނު ކަމަށް ތަފާސް ހިސާބުތަކުގައިވެ އެވެ.

ދެވަނަ އަށް ރެޖިސްޓްރީ ކޮށްފައިވަނީ ވަޒީފާއާ ގުޅުންހުރި މައްސަލަތަކެވެ. އެއީ ނާޖާއިޒު ގޮތުގައި ވަޒީފާ ދިނުމާއި ވަކިކުރުމުން ފަދަ މައްސަލަތަކެވެ. އެގޮތުން ތަފާސްހިސާބުތަކުގައިވާ ގޮތުން ވަޒީފާ އާއި ގުޅޭ 63 މައްސަލައެއް އޭސީސީގައި ރެޖިސްޓްރީ ކުރި އެވެ.

ކުއްޔަށް ދޫކުރެވޭ ތަންތަނާއި، ބިމާއި، ގޯތިގެދޮރާއި، ފައިސާއާއި ތަކެތި ބޭނުންކުރުމާއި، ލައިސަންސް އަދި ހުއްދަ ދިނުމާ ގުޅޭ 78 މައްސަލައެއްވެސް އޭސީސީގައި ރެޖިސްޓްރީ ކޮށްފައިވާކަމަށް އޭސީސީ އިން ވަނީ ބުނެފަ އެވެ.

މިދިޔަ ކުއާޓަރުގައި އެކަނި ޖުމްލަ 371 މައްސަލަ ވަނީ އޭސީސީއަށް ހުށަހަޅައިފަ އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި 917 މައްސަލަ އެ ކޮމިޝަނުގައި ވަނީ ރެޖިސްޓްރީ ކޮށްފަ އެވެ.

މިދިޔަ ކުއާޓަރުގައި އޭސީސީގައި ރެޖިސްޓްރީ ކުރި މައްސަލަ ތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު 364 މައްސަލައެއް ތަހުގީގު ކުރަން ވަނީ ނިންމައިފަ އެވެ. ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭ 27 މައްސަލައެއް އެ މައްސަލަތަކާ ގުޅުންހުރި އިދާރާތަކަށް ފޮނުވާފައިވާ ކަމަށްވެސް އޭސީސީ އިން ބުންޏެވެ.

އޭސީސީގެ މެންޑޭޓަށް ނުފެތޭތިއްޔާއި އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ 41 މައްސަލަ ނުބަލައި ދޫކޮށްލަންވެސް އޭސީސީ އިންވަނީ ނިންމައިފައެވެ.

comment ކޮމެންޓް