ބިދޭސީ ޓީޗަރަކު އަންހެން ދަރިވަރުންނާ ބެހުނު މައްސަލަ ބަލަނީ

ބިދޭސީ ޓީޗަރަކު ދަރިވަރުންތަކަކާ ބެހުނު މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ދެކުނު ރަށެއްގައި ބިދޭސީ ޓީޗަރަކު އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށެވެ.

އެ މައްސަލަ ބަލަމުންދަނީ ފުލުހުންނާއި ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާއި ގުޅިގެން ބިދޭސީ ޓީޗަރާމެދު އެއްވެސް ފިޔަވަޅެއް އެޅިކަމެއް އަދި ނޭނގެއެވެ.

ޖެންޑާ އިން ވެސް ބުނީ އެ މިނިސްޓްރީ އަށް އެފަދަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އިތުރު ތަފްސީލު މިވަގުތު ހާމަކުރެވެން ނެތްކަމަށް ވެސް ޖެންޑާ އިން ބުންޏެވެ.

comment ކޮމެންޓް