"ސްޓާ ވޯސް" ރިލީޒް ނުކުރަނީސް ރެކޯޑު މުގުރަނީ

ސްޓާ ވޯސް : ރައިޒް އޮފް ދަ ސްކައިވޯކާސްގެ ޓްރެއިލަރުން މަންޒަރެއް --

ޖޭޖޭ އޭބްރަމްސްގެ "ސްޓާ ވޯސް" ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމު ރިލީޒުކުރުމުގެ ދެމަސް ކުރީން ބޮޑެތި ރެކޯޑުތައް މުގުރަން ފަށައިފި އެވެ.

ސްޓާ ވޯސްގެ "ސްކައި ވޯކާސް" ސީކުއެލްގެ އެންމެ ފަހު ފިލްމު "ދަ ރައިޒް އޮފް ސްކައިވޯކާ"ގެ ޓްރެއިލާ ވަނީ ދާދި ފަހުން ދައްކާލާފައެވެ. އެއާއެކުގައި ފިލްމުގެ ޓިކެޓުވެސް ވަނީ ދޫކުރަން ފަށާފައެވެ.

ފިލްމުގެ ޓިކެޓުތައް ވިއްކަން ފެށުމާއެކު އެ ފިލްމު ދަނީ ރިކޯޑުތަކެއް މުގުރަމުންނެވެ. އެގޮތުން ޓިކެޓު ވިއްކަން ފެށި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ޓިކެޓު ގަނެފައިވާ ފިލްމުގެ ރެކޯޑު، ރައިޒް އޮފް ސްކައިވޯކާ ވަނީ މުގުރާލާފައެވެ. ޓިކެޓު ވިއްކަން ފެށިތާ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ޓިކެޓު ގަތް ފިލްމުގެ ރެކޯޑު މީގެ ކުރީންވެސް ހޯދާފައިވަނީ ސްޓާ ވޯސް ފިލްމެކެވެ.

މިއަހަރުގެ ސްޓާ ވޯސް ފިލްމުގެ ލީޑުން ފެނިގެންދާނީ ޑެއިޒީ ރިޑްލީ އާއި ޖޯން ބޮޔޭގާ އާއި އޮސްކާ އައިސެކް އާއި ލުޕީތާ އެންޏޮންގޯ އަދި ރިޗާޑް ގްރާންޓް އެވެ.

ޕްރިންސަސް ލިއާގެ ރޯލުން ފެނިގެން ގޮސްފައިވާ ކެރީ ފިޝާގެ މަންޒަރެއްވެސް މި ފިލްމުން ފެނިގެންދާނެއެވެ. ކެރީ ވަނީ ދާދި ފަހުން މަރުވެފައެވެ. އެހެންކަމުން އާ ފިލްމުން ފެނިގެންދާނީ 2015 ވަނަ އަހަރު ނެރުނު "ފޯސް އެވޭކެންސް"އަށް ޝޫޓުކޮށް ބޭނުން ނުކުރާ މަންޒަރެކެވެ.

ރައިޒް އޮފް ދަ ސްކައިވޯކާ އަކީ މިހާތަނަށް ނެރޭ އެންމެ ދިގު ސްޓާ ވޯސް ފިލްމު ކަމަށް ޖޭޖޭ އޭބްރަމްސް ބުނެއެވެ. އެގޮތުން އެ ފިލްމުގެ ދިގުމިން ތިން ގަޑިއިރާ 30 މިނެޓު ވަރު ވާނެ ކަމަށް އޭނާ ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު