ގުޅީފަޅު ހިއްކުމަށް ބިޑަކާ ނުލާ ދިން މައްސަލަ މަޖިލީހުން ބަލަނީ

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ބިޑަކާ ނުލާ ބޮސްކާލިސް އަށް މަަޝްރޫ ހަވާލު ކުރި މައްސަލަ ބަލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު އެޅުމަށް ގުޅީ ފަޅު ހިއްކުމަށް ބިޑަކާ ނުލާ އެވޯޑް ކުރުމުން އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

ބިޑަކާ ނުލާ ގުޅީ ފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން 180 ދުވަހުގެ ތެރޭގައި ހިއްކުމަށް، 53 މިލިއަން ޑޮލަރަށް ހަވާލު ކުރީ، ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑްއާ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިައްޔަތު ކޮމިޓީގައި އެ މައްސަލަ ބެއްލެވުމަށް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާ މެމްބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) އެވެ.

ކޮމިޓީން ނިންމީ އެ މައްސަލަ ބެލުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކުން ހޯދަން ޖެހޭ މައުލޫމަތު ހޯއްދުމަށް ހުށަހެޅުމަށެވެ.

އެ މަޝްރޫރު ބިޑަކާ ނުލާ ބޮސްކާލިސްއާ ހަވާލު ކުރުމުން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ،

އެކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ މީޑިއާ ޔުނިޓުން "ސަން"އަށް އިއްޔެ ބުނީ އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ ޓެކްނިކަލީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި، ދައުލ؛ަތަށް އެންމެ ފައިދާވާނެ ގޮތަށް ކަމަށެވެ.

"ބޮސްކާލިސް އަކީ މީގެ ކުރިންވެސް މަޝްރޫއުތައް ހިންގާ ނަތީޖާ ދައްކާފައިވާ ކުންފުންޏެއް. އިތުބާރާ ޔަގީންކަމާއެކު މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން އޮތުމުން އެކުންފުންޏަށް މަޝްރޫއު ހަވާލުކުރީ،" ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ގުޅީފަޅު ބިން ހިއްކަން އެމްޓީސީސީއަށް ހަވާލުނުކުރީ ކީއްވެތޯ ސުވާލު އުފައްދާތީ، އެކަމާގުޅޭގޮތުން ޕްލޭނިންއިން ބުނީ މިހާރުވެސް 30 އަށް ވުރެ ގިނަ މަޝްރޫއު އެމްޓީސީސީއިން ކުރިއަށް ގެންދާ ކަމަށާއި ކުރިއަށް ވެސް ގިނަ ރަށްތަކެއްގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއަށް އެވޯޑުކުރާނެ ކަމަށެވެ.

"ކެޕޭސިޓީއަށް ބަލާއިތު ވެސްޓްމިނިސްޓާ ގެ ކެޕޭސިޓީ އެބަހުރި ދުވާލަކު 120،000 ކިޔުބިކް މީޓަރުގެ ބިން ހިއްކުމުގެ. ރާއްޖޭގައި އޮތީ 15،000 ކިޔުބިކް މީޓަރުގެ ބިން ދުވާލަކު ހިއްކޭނެ ކެޕޭސިޓީ. އަވަސްކަމާ އިތުބާރާއެކު ނަތީޖާ ދައްކާފައިވާ ބަޔަކާއެކު ކުރިއަށް ދިޔުމަށް ނިންމީ،" ޕްލޭނިން އިން ބުންޏެވެ.

https://sun.mv/126172

މާލިއްޔަތު ގަވައިދުގެ 10.27 (ށ) ގައި ބުނާގޮތުން ބޭރުގެ ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގިދާނެ އެވެ.

މިގޮތުން މަޝްރޫއު ހަވާލުކުރެވޭއިރު އެ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫއެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

comment ކޮމެންޓް