ރާއްޖެއަށް މީހުން ޓްރެފިކް ކުރާ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އިންޑިއާގެ ސެންޓްރަލް ކްރައިމް ބްރާންޗުން މިދިޔަ ހޮނިހިރު ދުވަހު ހިންގި ބޮޑު އޮޕަރޭޝަނެއްގައި ރާއްޖެއަށް މީހުން ޓްރެފިކް ކުރުމުގެ ބޮޑު ނެޓްވޯކެއް ހިންގާ ނޭޕާލް މީހަކު ހައްޔަރުކޮށްފި އެވެ.

އިންޑިއާ ނޫސްތަކުގައި ބުނެފައި ވަނީ ހައްޔަރު ކޮށްފައި ވަނީ 40 އަހަރުގެ ނޭޕާލް ރައްޔިތެއް ކަމުގައިވާ ޝަމްބޫ ބާބޫގިރީ ކިޔާ މީހެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ވަޒީފާ ދޭނެ ކަމަށްބުނެ، ނުވަ މީހަކު ރާއްޖެ ފޮނުވަން އުޅެނިކޮށެވެ.

ބާބޫގިރީގެ ނެޓްވޯކް ފަޅާއެރީ، މީގެ ދުވަސްކޮޅެއް ކުރިން ރާއްޖެއަށް ދިޔަ ބަޔަކު ހިފަހައްޓައި ރާއްޖޭގެ އިމިގްރޭޝަނުން އެމީހުން އަނބުރާ ބެންގަލޫރަށް ފޮނުވާލި ހިސާބުން ކަމަށް އިންޑިއާ ފުލުހުން ވަނީ ބުނެފައެވެ.

އެ މައުލޫމާތާ އެކު ފުލުހުން ވަނީ ބެންގަލޫރޫގެ ޗިއްކަޖާލާ ކިޔާ އަވަށެއްގައި ހުރ ހޮޓަލެއް ރެއިޑްކޮށް، ބާބޫގިރީ ހައްޔަރުކޮށްފައެވެ. އަދި ރާއްޖެއަށް ފޮނުވަން އުޅުނު ނުވަ މީހުން ސަލާމަތް ކޮށްފައެވެ.

ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނެފައި ވަނީ ރާއްޖެއިން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބުނެ، އެއިން ކޮންމެ މީހެއްގެ އަތުން ބާބޫގިރީ ތިން ލައްކަ ރުޕީސް (4000 އަށް ވުރެ ގިނަ ޑޮލަރު) ނަގާފައިވާ ކަމަށެވެ.

ބާބޫގިރީ އަކީ ރާއްޖެއަށް މީހުން ޓްރެފިކް ކުރާ މީހެއް ކަމަށާއި، މީހުން ރާއްޖެ ގެނެސް ހަވާލުކުރަނީ އޭނާއާ ގުޅުން އޮންނަ މީހުންނާ ކަމަށެވެ.

އެހާ ހިސާބުން، ވަޒީފާ ދޭނެ ކަމަށް ބުނެ ގެންނަ މީހުންގެ ޕާސްޕޯޓު ހިފަހައްޓައި، މުސާރަ ނުދީ މަސައްކަތް ކުރުވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ބާބޫގިރީގެ ނެޓްވޯކް ފަޅާއެރީ، މީގެ ދުވަސްކޮޅެއް ކުރިން ރާއްޖެއަށް ދިޔަ ބަޔަކު ހިފަހައްޓައި ރާއްޖޭގެ އިމިގްރޭޝަނުން އެމީހުން އަނބުރާ ބެންގަލޫރަށް ފޮނުވާލި ހިސާބުން ކަމަށް އިންޑިއާ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ ބާބޫގިރީއާ ގުޅުން އޮންނަ އެހެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް