އަހަރުގެ މިހާތަނަށް 300 ކްރޯޑް ލިބުނު ހަމައެކަނި ފިލްމަކީ "ވޯ"

ޓައިގާ އާއި ރިތިކް---

މި އަހަރަކީ ބޮލީވުޑްގެ ސިނަމާ ވަރަށް ތިޔާގި އަހަރެކެވެ. ފަހަރަކު ފިލްމެއް ދައްކަމުން ގޮސް އެންމެ ފަހުން 300 ކުރޯޑު ހޯދި ހަމައެކަނި ފިލްމަކީ ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ "ވޯ"އެވެ.

އެ ފިލްމު 300 ކުރޯޑުގެ އާމްދަނީއެއް ހޯދިއިރު މި ފިލްމުވެގެން ގޮސްފައި މިވަނީ މިއަހަރު 300 ކުރޯޑު ހޯދި ހަމައެކަނ ފިލްމަށެވެ.

ފިލްމު ސިނަމާތަކުގައި ރިލީޒްކުރި ދުވަހުން ފެށިގެންވެސް އަންނަނީ ގިނަ ރެކޯޑުތަކެއް ހަދަމުންނެވެ. ޔަޝް ރާޖް ޕްރޮޑަކްޝަނުން ނެރުނު މި ފިލްމު ޑައިރެކްޓްކުރީ ސިދާތު އަނަންދެވެ.

ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އެ ފިލްމަށް ވަނީ 53.35 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ.

ވޯ" ވެގެން ގޮސްފައިވަނީ ހިންދީ ސިނަމާއިން ވެސް އެންމެ ބޮޑު އޯޕަނިންގް ހޯދި ފިލްމަށެވެ. އަދި ރިތިކް އާއި ޓައިގާގެ ފިލްމުތަކުގެ ތެރެއިންވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އޯޕަނިންގް ފިލްމަށެވެ.

ޗުއްޓީ ދުވަސްވަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިންވެސް އެންމެ ބޮޑު އޯޕަނިންއެއް ލިބުނީ މި ފިލްމަށެވެ. އަދި ޔަޝް ރާޖް ފިލްމު ކުންފުނީގެ ވެސް އެންމެ ބޮޑު އޯޕަނިންގްއެވެ. އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާ ބަތަލަކީ ވާނީ ކަޕޫރެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ އަދިތިޔާ ޗޯޕްރާއެވެ.

"ވޯ"ގެ ސީކުއަލެއް ގެނެސްދޭނެ ކަމަށް ޑައިރެކްޓަރު ސިދާތު އާނަންދު ވަނީ ނިންމައިފައެވެ.

comment ކޮމެންޓް