ދައުރުވަމުންދާ އާލިއާގެ ކައިވެނި ޕާޓީގެ ދައުވަތު ކާޑަކީ ފޭކެއް!

ދައުރުވަމުންދަނީ ފޭކު ދައުވަތު ކާޑެއް---

އަންނަ އަހަރުގެ ޖަނަވަރީގައި ބޮލީވުޑްގެ ދެތަރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ކައިވެނި ޕާޓިގެ ދައުވަތު ކާޑު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އެ ކާޑުގައިވާ ގޮތުން އާލިއާ އާއި ރަންބީރުގެ ކައިވެނި އޮންނާނީ އަންނަ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ކާޑަކީ ފޭކު ކާޑެއް ކަމަށް އާލިއާގެ ގާތް ފަރާތަކު ވަނީ ބޭރުގެ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

ކާޑުގައި ވަނީ އެދެތަރިންގެ ކައިވެނި ޕާޓިީ އޮންނާނީ ރާޖަސްތާނުގެ އުމެއިދު ބަވަން ޕެލެސްގައި ކަމަށެވެ. އެ ކާޑާ ގުޅިގެން އާލިއާ އާ ސުވާލުކުރުމުން އޭނާ ވަނީ ޖަވާބެއް ނުދީ ހިނިގަނޑެއް ޖަހާލާފައެވެ. އެކަމުންވެސް އެއީ ފޭކު ކާޑެއްކަމަށް ހާމަވެގެންދާ ކަމަށް ހަބަރުތައް ބުނެއެވެ. ދައުވަތު ކާޑުގައި އާލިއާގެ ނަންވެސް ޖަހާފައިވަނީ ނުބައިކޮށެވެ.

އެދެތަރިން ވަނީ މިދިޔަ އަހަރުގައި ލޯބީގެ ގޮތުން ގުޅިފައެވެ. ރަންބީރު އަކީ ދީޕިކާ ޕަދުކޯނުގެ ކުރީގެ ލޯބިވެރިޔާއެވެ.

comment ކޮމެންޓް