އިންޑިއަން އައިޑަލްގެ ތިއޭޓާ ރައުންޑް ފަށަން ތައްޔާރުވެއްޖެ

އިންޑިއަން އައިޑޮލް 11 ވަނަ ސީޒަން ގެ ތިއޭޓާ ރައުންޑް ފަށަން ތައްޔާރުވަނީ---

ސޮނީ އެންޓަޓެއިންމަންޓުން ގެނެސްދެމުން އަންނަ އިންޑިއަން އައިޑަލްގެ އޮޑިޝަން ނިންމާލުމަށް ފަހު ތިއޭޓާ ރައުންޑް ފަށަން ތައްޔާރުވެއްޖެ އެވެ.

އެ ޝޯ ދައްކާނީ ރާއްޖެ ގަޑިން ކޮންމެ ހޮނިހިރު ދުވަހަކާއި އާދިއްތަ ދުވަހުގެ ރޭ 7:30 ގަ އެވެ. އިންޑިއާގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ކުދިން އެ މުބާރާތުގައި ބައިވެރިވި އިރު އެ މުބާރާތުގެ ތިއޭޓާ ރައުންޑަށް ހޮވުނީ 30 ބައިވެރިންނެވެ.

ތިއޭޓާ ރައުންޑްގެ ޝޯ ދައްކަން ފަށާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ތިއޭޓާ ރައުންޑުން 15 ބައިވެރިން ކަޓުވާލުމަށް ފަހު ގަދަ 15 ބައިވެރިން ދަތުރުކުރާނީ އައިޑަލްގެ ގާލާ ރައުންޑަށެވެ.

ޝޯގެ ޖަޖުންގެ ގޮތުގައި ފެނިގެންދާނީ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރާއި މިއުޒިކް ލަވަކިޔުންތެރިޔާ ވިޝާލް ދަދްލާނީގެ އިތުރުން މިއުޒިކް ލަވަކިޔުންތެރިޔާ އަނޫ މަލިކެވެ.

ސޮނީ އެންޓަޓެއިންމެންޓް އިން ގެނެސްދޭ މި ޝޯގެ ފުރަތަމަ ސީޒަން ދައްކާފައި ވަނީ 2004 ގަ އެވެ. ފުރަތަމަ އިންޑިއަން އައިޑަލް އަކީ އަބީޖީތު ސާވަންތް އެވެ.

comment ކޮމެންޓް