70 ކިލޯ ޑްރަގު އެތެރެކުރުމުގައި ހިމެނޭ މީހުންގެ މައުލޫމާތު ހާމަކޮށްފި

މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން -- ފޮޓޯ: ޕޮލިސް

މި މަހުގެ ހަތް ވަނަ ދުވަހު ދިވެހީންގެ ބަޔަކު ބައިވެރިވެގެން، އީރާންގެ "އަލްޝަބާން" ކިޔާ ބޯޓަކުން ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައުލޫމާތު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

އެ މައްސަލައިގައި އީރާނު ބޯޓުގައި ތިބި އެ ގައުމުގެ ހަ މީހަކާއި، އެ ބޯޓުން މަސްތުވާތަކެތި ބަލާ ދިޔަ "ހެދޭކުރި" ކިޔާ ދޯނީގައި ތިބި ހަތަރު މީހުންނާއި، މައްސަލައާ ގުޅިގެން ހައްޔަރުކުރި އިތުރު ތިން މީހެކެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނަކީ:

އަލީ އަންވަރު މުހައްމަދު (35އ) / ކޯޒީކޯނާ، ސ. ހިތަދޫ

އަހްމަދު ޝަކީބް (42އ) / މާތިލަ، ކ. ދިއްފުށި

މުހައްމަދު ރިޝްފާން (23އ) / ތުނޑި، މިލާނޯ، ލ، ގަން

މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން -- ފޮޓޯ: ޕޮލިސް

ހެދޭކުރި ދޯނިން ހައްޔަރު ކުރި މީހުން:

އާދަމް މިސްބާހް (39އ) / އިރުމަތީގެ، ކ. ދިއްފުށި

މުހައްމަދު އިނާޝް (22އ) / ތުނޑި، އިޓްޖެހިގެ، ލ. ގަން

އަލީ އަހްމަދު (24އ) / ބަންގްލަދޭޝް

ތުހުން (36އ) / ބަންގްލަދޭޝް

ހެދޭކުރި ދޯނިން ހައްޔަރު ކުރި މީހުން -- ފޮޓޯ: ޕޮލިސް

މައްސަލައިގައި ހައްޔަރު ކުރި އަލީ އަންވަރު މުހައްމަދަކީ ވައްކަމުގެ މައްސަލައެއްގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ. އަދި މުހައްމަދު އިނާޝް އަކީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ.

މައްސަލައިގައި ހައްޔަރު ކުރި އިތުރު މީހެއްގެ ކުށުގެ ރެކޯޑެއް ނެތެވެ.

އީރާންގެ "އަލްޝަބާން" ބޯޓުން ހައްޔަރުކުރި މީހުން:

ފަކީރު (50އ) / އިރާން

އީސާ ސުލައިމާން (26އ) / އިރާން

އިސްމާއިލް އިބްރާހިމް (50އ) / އިރާން

ނަވީދު (30އ) / އިރާން

ސާޖިދު (50އ) / އިރާން

އަލީ ރާޖާ (19އ) / އިރާން

އީރާންގެ "އަލްޝަބާން" ބޯޓުން ހައްޔަރުކުރި މީހުން -- ފޮޓޯ: ޕޮލިސް

ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން އައި ބޯޓު ހިފަހައްޓާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުންނެވެ.

އެ ބޯޓުން ފެނުނު ފެނުނީ މަސްތުވާތަކެތި އަޅާފައި ހުރި ތިނމް ގޯންޏެވެ. ތިން ގޯނީގައި ހުރި 70 ކިލޯ މަސްތުވާތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް