ކުޅުދުއްފުށީ "ކަކާ"ގޭގައި ބަޔަކު ހުޅުޖެހި ކަމަށް ބެލެވޭ: ފުލުހުން

ކުޅުއްދުއްފުށީގައި ހިނގި އަލިފާނުގެ ހާދިސާ: އެއީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް ބެލެވޭ ---

ކުޅުދުއްފުށީ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ކުޅުދުއްފުށީ "ކަކާ" ގޭގައި ހުރި ސަަކަލެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި "ރަށު ޕިކަޕަ"ކާއި އެގޭ އިމާރާތަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށް ގެއްލުންތައް ވެފަ އެވެ. އެއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށް އެ ރަށު ކައުނސިލުން ވެސް މިއަދު ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ، މިހާތަނަށް ތަހުގީގަށް ބެލި ބެލުމުން އެއީ ބަޔަކު ނުވަތަ މީހަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުންޏެވެ.

އެ ކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަ އެއް ނުކުރެއެވެ.

ކާކާގޭގެެ: އެގެއަަށް ވަނީ އެކި ވަރުގެ ގެއްލުންވެފައި ---

ކުޅުދުއްފުށީ ކައުންސިލް ރައީސް އަބްދުއްލަތީފު މިއަދު "ސަން" އަށް ވިދާޅުވީ، ރޭ ފަތިހު 3:30 އެހާކަންހާއިރު އަލިފާނުގެ ހާދިސާ ހިނގި އިރު އެ ގޭގައި 11 މީހުން ތިބި ކަމަށެވެ. އަލިފާން ރޯކޮށްލިި ސަބަބު ނޭނގޭ ކަމަށާއި ނަމަވެސް ފެންނަން ހުރި ކަންތައްތަކުން ބެލެވެނީ އެއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށެެވެ.

"ދަނޑިބުރިއެއް ގައި ފޮތިގަނޑެއް އަސާފައި ރޯކުރަން މަސައްކަތް ކުރިކަން ގޭޓް މަތިން ފެންނަން ހުރި. ގޭޓް މަތިން އެރުމަށްޓަކައި އެލުމިނިއަމް ހަރުގަނޑެއް ވެސް ހުރި ބަހައްޓާފައި،" ކައުންސިލް ރައީސް އަބްދުއްލަތީފު ވިދާޅުވި އެވެ.

އަބްދުއްލަތީފު ވިދާޅުވީ، އެ ހާދިސާގައި އަނދާފައިވާ ސައިކަލާއި ރަށު ޕިކަޕަކީ އެ ގޭގައި ކުއްޔަށް އުޅޭ ނޮޅިވަރަމަށް ނިސްބަތްވާ މީހެއްގެ އުޅަނދެއް ކަމަށެވެ. ކުޅުދުއްފުށީގައި ވިޔަފާރި ކުރާ އެމީހާ އޭރު ހުރީ ރަށުން ބޭރުންގައި ކަމަށް އަބްދުއްލަތީފު ވިދާޅުވި އެވެ.

"ބޮޑަށް ސިފަވަނީ އުޅަނދުތަކުގައި ރޯކޮށްލަން ކަމަށް....އެއީ އެއްވެސް ވަރަަކަށް ކުރަން ހެޔޮވާވަރު ކަމެއް ނޫން. މީހަކުދޭތެރޭ އޮންނަ ހިތްހަމަނުޖެހުމެއްގެ ސަބަބުން އެކަހަލަ ކަމެއް ކުރުމަކީ ކުރަން ވާނެ ކަމެއް ނޫން." އަބްދުއްލަތީފު ވިދާޅުވި އެވެ.

ކަކާގޭގައި އެވަގުތު ތިބި ކުޅުދުއްފުއްޓަށް ނިސްބަތްވާ 11 މީހުން މިހާރު ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

އެމްްއެންޑީއެފް އިން ބުނި ގޮތުގައި، ސިފައިންނާއި ފުލުހުންގެ މަސައްކަތުން އަލިފާން މުޅިން ނިއްވާލެވުނީ ފަތިހު، 4:40 އެހާއިރު އެވެ.

އެ ހާދިސާގައި، ކަކާގޭގެ ބައެއް ކޮޓަރިތައް ބޭނުން ނުކުރެވޭ ވަރަށް އަނދައި އެ ގެއާ އިންވެގެން ހުރި ނަހާގެއަށް ވެސް ވަނީ އަސަރުކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް