މަރުވި މީހާގެ ހަށިގަނޑާ އާއިލާއިން ހަވާލުވެއްޖެ

އޭޑިކޭ ހޮސްޕިޓަލް

މިއަދު ހެނދުނު އާޓިފިޝަލް ބީޗުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައި އޮތް ދުވަސްވީ މީހާގެ އާއިލާއިން އޭނާއާ ހަވާލުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިހާރު އޭނާގެ އާއިލާއާ ގުޅިފައި ވާކަމަށާއި، އެއީ ކާކުކަން ދެނެގަނެވިފައިވާ ކަމަށެވެ. ފުލުހުން ބުނީ މަރުވެފައި ވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

އާޓިފިޝަލް ބީޗުގައި ހުރި ގޮނޑިއެއްގައި ދޮށީ އުމުރުގެ ފިރިހެނަކު ހާލު ދެރެވެފައި އިން ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 06:26 ހާއިރުއެވެ.

އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ދިރިހުރިކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށާއި އަދި އޭނާ ސަލާމަތް ކުރަން ޑޮކްޓަރުން މަސައްކަތް ކުރި ކަމަށް އޭޑީކޭ އިން ބުނެ އެވެ.

ފުރަތަމަ އެއީ ކާކުކަން ދެނެގަނެވޭނެ ގޮތެއް ނެތިގެން ފުލުހުންނާއި އޭޑީކޭ އިން ވަނީ އާންމުންގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ.

comment ކޮމެންޓް