މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މާލީ މަންފާ ހޯދިކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފި

--- ފޮޓޯ ފުލުހުން

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މާލީ މަންފާ ހޯދިކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރުގެ ދަށުން 31 އަހަރުގެ ފިރިހެން ފުލުހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް މިހާރު ކުރަމުންދާ ކަމަށާއި އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންވެސް އެ މައްސަލަ މިހާރު ބަލަމުންދާކަމަށެވެ.

ފުލުސް މީހާ ހައްޔަރުކުރީ ކޮންގޮތަކުން މާލީ މަންފާ ހޯދަން އުޅެނިކޮށް ކަަމަށްވެސް ފުލުހުން ނުބުނެއެވެ.

comment ކޮމެންޓް