ދަތުގެ އައިބުތަކަށް ހާއްސަ، ރާއްޖޭގެ ފުރަތަމަ ސްޕެޝަލިސްޓް އައިޖީއެމްއެޗުގައި

އައިޖީއެމްއެޗުގެ އިސްވެރިން، އެ ހޮސްޕިޓަލުގެ ހިދުމަތާ ގުޅިވަޑައިގެން ސްޕެޝަލިސްޓުންނާއެކު (މ) -- ފޮޓޯ/ އައިޖީއެމްއެޗު

އޯތޮޑޮންޓިކްސް ނުވަތަ ދަތުގަ އައިބުތަކާ ބެހޭ ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ހިދުމަތްކުރައްވަން ފައްޓަވައިފިއެވެ.

ރާއްޖޭގެ ފުރަތަމަ އޯތޮޑޮންޓިސްޓުގެ ގޮތުގައި، ޑރ. ނަދީމާ ރަޝީދު އައިޖީއެމްއެޗުގެ ހިދުމަތާ ގުޅިވަޑައިގެންނެވިކަން، އެ ހޮސްޕިޓަލުން ހާމަކުރީ މިއަދުއެވެ.

މީގެ ކުރިންވެސް އައިޖީއެމްއެޗުގައި މަސައްކަތްކުރެއްވި ޑރ. ނަދީމާ ވިދާޅުވީ އޯތޮޑޮންޓިކްސްއަކީ އޭނާ ވަރަށް ޝައުގުވެރިވާ ދާއިރާއެއް ކަމަށާއި، އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް އޭނާގެ ހިދުމަތް ގިނަ ބަޔަކަށް ފޯރުކޮށްދިނުން ކަމަށެވެ.

އޮތޮޑޮންޓިސްޓުންނަކީ ދަތާއި އޭގާއި އުނިކަމެއް ހުއްޓަސް ރަނގަޅުކުރުމަށް ފަރުވާދޭ ބައެކެވެ.

ރާއްޖޭގެ ފުރަތަމަ އޯތޮޑޮންޓިސްޓުގެ އިތުރުން، ސްޕެޝަލައިޒްވެގެން އިތުރު ދެ ޑޮކްޓަރުންވެސް މިއަދު އައިޖީއެމްއެޗާ ގުޅިވަޑައިގެންނެވިއެވެ. އެއީ ރޭޑިއޮލޮޖިސްޓް ޑރ. ޔުސްރާ އަލީގެ އިތުރުން ލޮލުގެ ޚާއްސަ ޑޮކްޓަރު (އޮފްތަލްމޮލޮޖިސްޓް) ޑރ. އަލްމާސް އަދުނާނެވެ.

comment ކޮމެންޓް