ސާރާ ހާން ވަރަށް އަވަހަށް ކައިވެނިކުރަނީ

ސާރާ ހާން ---

ޕާކިސްތާނުގެ މަޝްހޫރު އެކްޓްރެސް ސާރާ ހާން ވަރަށް އަވަހަށް މީހަކާ ކައިވެނި ކުރާނެ ކަމަށް އޭނާ ބުނެފިއެވެ.

ސާރާ މީހަކާ ކައިވެނި ކުރާނެ ކަމުގެ ވާހަކަ އާންމުކޮށްފައިވަނީ އޭނާ ގިނަ ދުވަސްވަންދެއް ރަށްޓެހިވެގެން އުޅުނު އާގާ އަލީ އާ ވަކިވުމަށްފަހުގައެވެ.

ޕާކިސްތާނު ޓީވީ އެކްޓަރު އާގާ އާ ސާރާ ވަކިވެފައިވަނީ އޭނާގެ ފަރާތުން އެކި ނަފްސާނީ އަނިޔާތައް ލިބެމުން ދިޔުމުން ކަމަށް ސާރާ ބުނެފައިވެއެވެ.

"އެންމެ ފުރަތަމަ ހީކުރީ އޭނާއާ ރަށްޓެހި ވެވުނީ ރަނގަޅު ވިސްނުމެއްގައި ކަމަށް. އެކަމު އޭނާއާއެކު އުޅެން އަހަރެންގެ މެންޓަލިޓީ އަށް ރަނގަޅެއް ނޫން،" ސާރާ ބުންޏެވެ.

ކައިވެންޏާ ގުޅޭގޮތުން ވާހަކަ ދައްކަމުން ސާރާ ބުނެފައިވަނީ އެރޭންޖްޑް ކައިވެންޏެއް ކުރުމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ.

އަދި ކައިވެނީގެ އިތުރު މައުލޫމާތެއް ހިއްސާ ނުކޮށް ފޭނުން "ސަޕްރައިޒް" ކޮށްލާނެ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް