ދަރިފުޅު ނުނިދާ ބޮޑާހާކާ ނަމަ މިހެން ހަދާ

ތުއްތު ދަރިފުޅުގެ ފުރަތަމަ ދެތިން މަހަކީ މައިންބަފައިންނަށް ވަރަށް އުދަނގޫ ދުވަސްތަކެކެވެ. ވިހެއުމުގެ ރިހުމުން ހަށިގަނޑު ރިކަވާ ކުރުމާއި އެކު، އުފަންވިތާ މާ ގިނަދުވަހެއް ނުވާ އެ ލޯބި ފުއްގަނޑަށް މަންމަގެ ބަނޑުތެރެއިން ދުނިޔޭގެ އެކިކަންކަމަށް ހޭނެން ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ހުންނާނެތާއެވެ.

މިގޮތުންވެސް އެންމެ ގިނަ މަންމައިންނަށް އަދި ބައްޕައިންނަށްވެސް ހާއްސަކޮށް އަލަތު ދަރިފުޅު ލިބިގެން އުޅޭ ފަރާތްތަކަށް ދަރިފުޅު ނިންދަވަން ކުޑަކޮށް އުނދަގޫވެދާނެ އެވެ. މި ލިސްޓުކޮށްލަނީ މިކަމަށް ހުރި ބައެއް ހައްލުތަކެކެވެ.

1. ދުވާލު އަލިކޮށްފައި ރޭގަނޑު އަނދިރިކޮށްލާ

ދަ ނޯ ކްރައި ސްލީޕް ފޮތުގެ ލިޔުންތެރިޔާ އެލިޒަބަތު ޕޭންޓްލީ ބުނާގޮތުން ދުވާލުގެ ވަގުތުތަކުގައި އަލިގަދަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އަލި ފަނޑުކުރުމަކީ ދަރިފުޅު ނިންދަވަން އޮތް އެންމެ ބޮޑު ހައްލެވެ. "ލައިޓްސް" އަކީ ދަރިފުޅުގެ ބައިލޮޖިކަލް ބަޓަން ޖައްސައިދޭ އެއްޗެއްކަމުގައި ސިފަކޮށް އޭނާ ބުނެފައިވަނޯ، އަނދިރިކުރުމުން ދަރިފުޅުގެ ސިކުނޑިން މެލަޓޯނިން ނުވަތަ ނިދާ ހޯމޯން ރިލީޒް ކޮށްދޭނެއެވެ.

ހަމައެޔާއެކު، ރޭގަނޑުގެ ވަގުތު ދަރިފުޅު ނިދިން ހޭލެވިއްޖެނަމަ ހަމަ މިފަދައިން އަލިގަދަ ނުކޮށް ނިދާބޮކި ނުވަތަ ވީހާވެސް ފަނޑު އައްޔެއްގައި ކޮޓަރި ބަހައްޓާ ދަރިފުޅު އަލުން ނިންދަވަން މަސައްކަތްކޮށްލަން ވާނެއެވެ.

2. ދަރިފުޅު އެދުގައި ބާއްވަން ވީ ނިދިއައިމަ، ނިދީމަ އެއް ނޫން

ސްލީޕް ކޮންސަލްޓަންޓެއްކަމުގައިވާ ކިމް ވެސްޓު ބުނާގޮތުން ދަރިފުޅާއި މަންމައަށްވެސް ލުއިކުރުމަށް ދަރިފުޅު ނިންދަވަން އޭނާ އެދުގައި ބާއްވަން ވީ ނިދީމައެއް ނޫނެވެ. ނިދިއައިސް އާފުރެން ފެށީމައެވެ. ދަރިފުޅަށް 6-8 ހަފްތާއާއި ދެމެދުގައި މިފަދައިން ނިންދެވުމަށް އާދަ ކުރަންވާނެ ކަމަށް އޭނާ ބުނާއިރު، ގާތުން ދިނުމަށްފަހު ގަތްގަނޑަކަށް ނިދެން އުޅުމުން ދެން އެދުގައި ބާއްވަން ވީއެވެ. އޭރުން ދަރިފުޅަށް އަމިއްލައަށް ނިދަން އާދަވާނެއެވެ.

3. ދަރިފުޅު ހެލިލާ ކޮންމެފަހަރަކު ހޭލަނީކީއެއް ނޫން

ވަރަށް ގިނަފަހަރު ދަރިފުޅު ނިންދަވާފައި މާ ގިނައިރުތަކެއް ނުވަނީސް ކުޑަކޮށް ހެލިލާ، ހޭލަން އުޅެފާނެ އެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކީ އަދި ދަރިފުޅު ތެދުވަން އުޅޭ ފަހަރެއް ނޫނެވެ. މާ ބޮޑަށް ހޭލެވެން އުޅޭނަމަ އަވަހަށް އޭނާ ކައިރިއަށްގޮސް، ނިންދެވޭތޯ އުޅޭށެވެ. އެއާއެކު މިފަދައިން ހެލިލުމަށްފަހު މާބޮޑަށް ރޮވެންދެންވެސް މަޑު ނުކުރާށެވެ. އޭރުން އެއްކޮށް ނިދި މޫޑު ގޮސްދާނެއެވެ.

4. ދަރިފުޅުގެ ލޮލަށް ނަމަނަމަ ނުބަލާތި

ވަރަށް ގިނަ ކުދީންނަށް އެމީހުންގެ ލޮލަށް ބަލައިފިނަމަ ނިދި އެ ދިޔަޢީއެވެ. ކުޑަކުދިންގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއްގެ ސީނިއާ ޕޭރެންޓިން އެޑްވައިޒަރެއް ކަމުގައިވާ ކްލެއާ ލާނާ ބުނާގޮތުން ނިދާ ގަޑީގައި ނުވަަތަ ރޭގަނޑު ދަރިފުޅާއި މާގާތްކޮށް ސަކަރާތްޖަހާ އުޅޭނަމަ އޭނާ ނިިންޖާއި ދުރުވާލެއް ބޮޑުވާނެއެވެ. އެހެންކަމުން މަޑުމަޑުން ފިރުމާ، ވީހާވެސް ލޮލަށްބެލުން މަދުކޮޮށް މަޑު ނާނާއަކާޢި އެކީ ދަރިފުޅު ނިންދެވޭތޯ ބަލާށެވެ.

5. ސްލީޕް ރޫޓީންއަކަށް ދަރިފުޅު ތައްޔާރުވަންދެން މަޑުކޮށްލާ

ވަރަށް ގިނަފަހަރަށް، އެހެން މީހަކު ކަންކުރާގޮތް، ނުވަތަ ކަންކުރަން ބުނާގޮތަށް އެމީހެއްގެ ދަރިފުޅުވެސް ވާންވާނެއޭ ހިތަށް އަރާނެ އެވެ. އެކަމަކު ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ހެދިބޮޑުވަމުން އަންނާނީ އެކިވަރުވަރަށެވެ. އެހެންކަމުން އެއްވެސް ކަމެއް އެހާ ޅައުމުރުގައި ގަދަކަމުން ކުރަން ނޫޅޭށެވެ. އާންމުގޮތެއްގައި ސްލީޕް ރޫޓިންއެއް ނުވަތަ ވަކި ގަވާއިދަކުން ދަރިފުޅު އާދަކޮށް ނިދަން ފަށާނީ 4 މަސްވަރު ވުމުންނެވެ. އެހެންކަމުން ތިމާގެ އަމިއްލަ އާއިލާއަށް ފަސޭހަ އެކަށޭނަ ގޮތަކަށް ދަރިފުޅުގެ ކަންކަން ރާވާލުމުން ރަނގަޅުވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު