ޑެންގޫޖެހިގެން ތެލުގޫ އެކްޓަރު ގޯކުލް ސާއީ މަރުވެއްޖެ

ތެލުގޫ އެކްޓަރު ގޯކުލް ސާއީ---

ޑެންގޫޖެހިގެން ތެލުގޫ އެކްޓަރު ގޯކުލް ސާއީ މަރުވެއްޖެއެވެ.

ރިއަލިޓީ ޝޯ ޑްރާމާ ޖޫނިއާގައި ބައިވެރިވި ގޯކުލް މަރުވީ ޑެންގޫއަށް ފަރުވާކުރަމުން އަންނަތާ ތިންވަނަ ދުވަހުއެވެ. ޚަބަރުތައް ބުނާގޮތުގައި އޭނާ މަރުވީ ހޮސްޕިޓަލްގައި އެޑްމިޓް ވެސް ނުކުރެވި އުޅެނިކޮށް ކަމަށެވެ.

އެ ކުޑަ އެކްޓަރު މަރުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔުމުގެ މަގުމަތީގައި ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

އޭނާގެ މަރާ ގުޅިގެން މުޅި އިންޑަސްޓްރީވެސް ހިތާމަ ފާޅުކުރަމުން އަންނައިރު އޭނާގެ ފޭނުން އަންނަނީ އޭނާގެ އާއިލާއަށް ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ. އުމުރުން ހަގު އެކްޓަރެއް ނަމަވެސް ގޯކުލް ވަނީ ގިނަ ބައެއްގެ ލޯބި ހޯދާފައެވެ.

މި ދުވަސްވަރަކީ އިންޑިއާގެ ބައެއް ހިސާބުތަކަށް ޑެންގޫ ވަރަށް ބާރަށް ފެތުރެމުން އަންނަ ދުވަސްވަރެކެވެ. ގިނަ އަދަދެއްގެ ބޮލީވުޑް ފަންނާނުންނަށްވެސް ޑެންގޫޖެހިގެން އެޑްމިޓްކޮށް ވަނީ ފަރުވާ ހޯދާފައެވެ.

comment ކޮމެންޓް