މޯދީ ބޮލީވުޑްގެ ފަންނާނުންނާ ބައްދަލުކޮށްފި

މޯދީ ބޮލީވުޑް ތަރިންނާ ބައްދަލުކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން---

މަހާތްމާ ގާންދީގެ 150 ވަނަ އުފަންދުވަސް ފާހަގަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބޮލީވުޑްގެ ފަންނާނުންނާ ބައްދަލުކޮށްފިއެވެ.

ބޮޑު ވަޒީރު އޮފީހުން ނެރުނު ބަޔާނުގައި ބުނީ މުނިފޫހިފިލުވުމުގެ ދާއިރާގެ މަސައްކަތްތައްވާންޖެހޭނީ 1857އިން 1947 އަށް ގައުމު މިނިވަންކަމަށް ކުރި މަސައްކަތްތަކާއި 1947 އިން 2022 އަށް ގައުމު އާރާސްތު ކުރަން ކުރާ މަސައްކަތްތައް ދައްކުވައިދޭ އުފެއްދުންތަކެއް ކަމަށެވެ.

ދެހާސް ބާވީސް ވަނަ އަހަރު އިންޑިއާގެ 75 ވަނަ މިނިވަންދުވަސް ފާހަގަކުރާއިރު އެފަދަ ކަންތައްތައް ދައްކުވައިދޭންޖެހޭނެ ކަމަށްވެސް އެ ސްޓޭޓްމަންޓުގައި ބުނެފައިވެއެވެ.

މޯދި ބައްދަލުކުރެއްވި ބައެއް ތަރިންނަކީ ޝާހްރުކް ޚާން، އާމިރު ޚާން، ކަންގަނާ ރަނައުތު، ޖެކަލީން ފާނަންޑޭޒް އަދި ސޯނަމް ކަޕޫރު އަހޫޖާއެވެ.

މޯދީ ބޮލީވުޑްގެ ތަރިންނާ ބައްދަލުކުރެއްވުމުން ފަންނާނުންވަނީ މޯދީ އަށް ޝުކުރު ދަންނަވާފައެވެ.

comment ކޮމެންޓް