ނެޓްފްލިކްސްގެ ކުރީގައި ސްޓްރޭންޖާ ތިންގްސް، ބާޑް ބޮކްސް

ފިލްމާއި ސީރީޒްގެ ޕޯސްޓަރެއް--

އެންމެ ގިނައިން ނެޓްފްލިކްސްއިން ބެލި ސީރީޒަކީ "ސްޓްރޭންޖާ ތިންގްސް" ކަމަށާއި އެންމެ ގިނަ މީހުން ބެލި ފިލްމަކަށް "ބާޑްބޮކްސް" ވެއްޖެ އެވެ.

ނެޓްފްލިކްސްއިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެންމެ ގިނަ މީހުން ބެލި ސީރީޒް ތަކާއި ފިލްމުތައް އާންމުކޮށްފައެވެ.

ސްޓްރޭންޖާ ތިންގްސްގެ ޖުމްލަ ތިން ސީޒަނެއް މިހާތަަނަށް ދައްކާފައިވާއިރު އެ ސީރީޒްގެ ހަތަރުވަނަ ސީޒަނެއްވެސް ދައްކާނެއެވެ. އެ ޝޯ ހަތަރު ވަނަ ސީޒަން އަންނާނީ އަންނަ އަހަރުގެ ފަހުކޮޅުގައެވެ.

ބާޑްބޮކްސް ބެލި މީހުންގެ އަދަދު ވަނީ އަށްޑިހަ މިލިއަނަށް އަރާފައެވެ. އަދި ސްޓްރޭންޖާ ތިންގްސް ބެލި މީހުންގެ އަދަދު ވަނީ 64 މިލިއަނަށް އަރާފައެވެ.

އެންމެ ގިނަ މީހުން ބެލި ސީރީޒްތައް

ސްޓްރޭންޖާ ތިންގްސް (64 މިލިއަން ވިއުސް)

އަމްބްރެއްލާ އެކަޑަމީ (45 މިލިއަން ވިއުސް)

މަނީ ހެއިސްޓް (44 މިލިއަން ވިއުސް)

ޔޫ (40 މިލިއަން ވިއުސް)

ސެކްސް އެޑިއުކޭޝަން (40 މިލިއަން ވިއުސް)

އަވާ ޕްލެނެޓް (33 މިލިއަން ވިއުސް)

އަންބިލީވަބަލް (32 މިލިއަން ވިއުސް)

ޑެޑް ޓު މީ (30 މިލިއަން ވިއުސް)

ވެން ދޭ ސީ އަސް (25 މިލިއަން ވިއުސް)

އެލީޓް (20 މިލިއަން ވިއުސް)

އެންމެ ގިނަ މީހުން ބެލި ފިލްމުތައް

ބާޑްބޮކްސް (80 މިލިއަން ވިއުސް)

މާޑާ މިސްޓަރީ (73 މިލިއަން ވިއުސް)

ޓްރިޕަލް ފްރޮންޓިއާ (52 މިލިއަން ވިއުސް)

ދަ ޕާފެކްޓް ޑޭޓް (48 މިލިއަން ވިއުސް)

ޓޯލް ގާލް (41 މިލިއަން ވިއުސް)

comment ކޮމެންޓް