އަމާން ދަތުރަކަށް އެމްޓީސީސީގެ މުވައްޒަފުން ތަމްރީނު ކުރަނީ

ފުލުހުންގެ "އަމާން ދަތުރަކަށް" ޕްރޮގްރާމުގައި އެމްޓީސީސީގެ މުވައްޒަފުންނަށް މައުލޫމާތު ފޯރުކޮށްދެނީ-- ފޮޓޯ: އެމްޓީސީސީ

ކަނޑު ދަތުރުފަތުރު ކުރުމުގެ ރައްކާތެރި ގޮތްތަކާ ބެހޭގޮތުން ފުލުހުންގެ މެރިން ޕޮލިސް ޑިޕާޓްމަންޓުން އެމްޓީސީސީގެ މުވައްޒަފުން ތަމްރީނު ކުރަން ފަށައިފި އެވެ.

"އަމާން ދަތުރަކަށް" ގެ ނަމުގައި މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ބާއްވާ އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ދޫނިދޫގަ އެވެ.

އެމްޓީސީސީން ބުނީ އެ ޕްރޮގްރާމުގައި ދެ ބެޗަކަށް ބަހާލައިގެން އެކުންފުނީގެ ޓްރާންސްޕޯޓް ސާވިސް ޑިޕާޓްމަންޓުގެ ޖުމްލަ 60 މުވައްޒަފުންނަށް ތަމްރީން ދޭނެ ކަމަށެވެ.

އެ ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ކަނޑު ދަތުރުފަތުރު ކުރުމުގެ ގަވައިދުތަކާ ބެހޭގޮތުން ކޮންމެހެން ވެސް އެނގެން ޖެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި ކަނޑު ދަތުރު ކުރާ ފަރާތްތަކަށް ރައްކާތެރި އަދި ތިމާވެއްޓަށް ގެއްލުން ނުލިބޭ ފަދަ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމެވެ.

comment ކޮމެންޓް