ހަ އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ނަގައިފި

އައިޖީއެމްއެޗުން ކުރި އޮޕަރޭޝަނެއްގައި ކުޑަ ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ބްރިކް ކޮޅެއް ނަގައިފި އެވެ.

އައިޖީއެމްއެޗް އިން ކުރި ޓުވީޓެއްގައި ބުނީ ފުއްޕާމެއާއި ނޭވާލާ ނިޒާމާ ބެހޭ ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ލެގޯކޮޅެއް ނަގާފައި ވަނީ ހަ އަހަރުގެ ފިރިހެން ކުއްޖެއްގެ ފުއްޕާމެއިން ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ ކަމަށާއި، އޮޕަރޭޝަން ކުރީ ރޭގައި ކަމަށެވެ.

ފުއްޕާމެއިން ލެގޯ ކޮޅު ނަގަން ކުރި އޮޕަރޭޝަނަށް ގާތްގަނޑަކަށް ދޮޅުގަޑިއިރު ހޭދަވިކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮޕަރޭޝަނަށް ފަހު އެކުއްޖާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް