ގިރިފުށްޓާއި މާފިލާފުށީގައި އަސްކަރީ ތަމްރީނުތަކެއް، ބަޑި ޖަހާނެ!

އެމްއެންޑީއެފުން މީގެ ކުރިން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީންތަކުގެ ތެރެއިން --- ފޮޓޯ/ އެމްއެންޑީއެފް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއްގައި ކުރިއަށް އޮތް ތިން ދުވަހު ބަޑި ޖަހާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ މާދަމާ އިން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކ. ގިރިފުށީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ތިން ދުވަހަށް ގިރިފުށީގައ ތަމްރީނުތައް ކުރިއަށް ގެންދާނީ ކޮންމެ ދުވަހަކު އިރުއޮއްސި 18:30 އިން ރޭގަނޑު 21:00 އަށެވެ.

ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ގިރިފުށިން ހުޅަނގު ދެކުނަށް 2000 މީޓަރު ދުރުމިނަށާއި 100 މީޓަރުގެ އުސްމިނާ ދެމެދުގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އޭގެ އިތުރުން މާދަމާ ޅ. މާފިލާފުށީގައި ވެސް އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ދާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މާފިލާފުށީގައި ތަމްރީނުތައް ކުރިއަށްދާނީ މާދަމާ 18:00 އިން އޮކްޓޫބަރު 20 ވަނަ ދުވަހުގެ ހެނދުނު 06:00 އަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ގިރިފުށިން ހުޅަނގު ދެކުނަށް 200 މީޓަރު ދުރުމިނަށާއި 200 މީޓަރުގެ އުސްމިނާ ދެމެދުގައި ކަމަށެވެ.

comment ކޮމެންޓް