ރަސްމީ ދަތުރުފުޅެއްގައި އުއްތަމަ ފަނޑިޔާރު މިސްރަށް ފުރާވަޑައިގެންފި

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިސްރަށް ފުރާވަޑައިގަތުމުގެ ކުރިން -- ފޮޓޯ: ސުޕްރީމް ކޯޓު

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު މިސްރަށް ފުރާވަޑައިގަންނަވައިފިއެވެ.

ސުޕްރީމް ކޯޓުން ބުނީ އުއްތަމަ ފަނޑިޔާރުގެ ދަތުރުފުޅަކީ މިސްރުގެ ސުޕްރީމް ކޮންސިޓިއުޝަނަލް ކޯޓުގެ ރަންޔޫބިލް މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެ ކޯޓުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

އުއްތަމަ ފަނޑިޔާރު މިސްރަށް ވަޑައިގެންނެވި އިރު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ އުއްތަމަ ފަނޑިޔާރާ ގުޅޭ ދެ ސުލޫކީ މައްސަލައެއް ބަލަމުންނެވެ.

comment ކޮމެންޓް